ފޯޅަވައްސާއި އެކު ރާއްޖެއިން ބައެއް ވިއްކާލިޔަސް ހެޔޮ ކަމަށް މަޖިލީހުން މައްސަލަ ބޭރުކޮށްލައިފި
ދެންމެ | 15 ނޮވެމްބަރ 2022
ޗާގޮސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިއޮތްތޯ ސާފުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) ގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅީ އެމްއެންޕީގެ ފަރާތުން ދަގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.

އެ ގަރާރަށް ބަހުސްކުރަން ފެންނޭތޯ ބެލުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ، 30 މެމްބަރުން ނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް 40 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި ގަރާރުގެ ވޯޓުގައި ބައިވެރިވީ މަޖިލީހަށް ހާޒިރުވެތިބި 84 މެމްބަރުންގެ ތެރެއިން 72 މެމްބަރުން ނެވެ.

ޗާގޮސް މައްސަލާގައި ސަރުކާރުން މީގެ ކުރިންވެސް ބުނެފައިވަނީ، ސަރުކާރު މަސައްކަތް ކުރަމުންދަނީ ފުށޫ އަރައި ސަރަހައްދުން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ކަމަށެވެ.

އެމްއެންޕީން މިހާރު މަސައްކަތް ކުރަމުންދަނީ ސަރުކާރާއި އިދިކޮޅު ސަރުކާރު ޖަވާބު ދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް