ވިޔަފާރި ދަށްވުމުން ގޮތް ހުސްވެ، ޝެއިން އިން ރާއްޖެއަށް ހިލޭ ސިޕް ކުރަން ފަށައިފި
ދެންމެ | 15 ނޮވެމްބަރ 2022

ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރި ކުރުމަށާއި، އަންނައުނު ގަތުމަށް ބޭނުން ކުރާ ދިވެހިންގެ ތެރޭގައި މަގްބޫލު އަދި ދުނިޔޭގެ އެންމެ މަގުބޫލު ފާސްޓް ފެޝަން ބްރޭންޑް ޝެއިން އިން ރާއްޖެއަށް ހިލޭ ޝިޕް ކުރަން ފަށައިފިއެވެ.

މީގެ ތިން މަސް ކުރިން ޝެއިން އިން ވަނީ ރާއްޖެއަށް ހިލޭ ޝިޕް ކުރުން ހުއްޓާލާފައެވެ.

ޝެއިން އިން ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ މިއަދުން ފެށިގެން ޝެއިން އެޕް މެދުވެރިކޮށް 250 ޑޮލަރަށްވުރެ މަތިން އޯޑަރު ތަކަށް ހިލޭ ޝިޕިންގގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

ޝެއިންގެ ބަޔާނުގައި ބުނެފައި ވަނީ 250 ޑޮލަރަށްވުރެ މަދުން ވިޔަފާރި ކުރާނަމަ ޝިޕިންގ ޗާޖްގެ ގޮތުގައި 24 ޑޮލަރު ޗާޖް ކުރާނެ ކަމަށެވެ.

މީގެ ކުރިން ޝެއިން އިން ހިލޭ ޝިޕިންގގެ ހިދުމަތް ހުއްޓާލުމާއި ހަމައަށް، އެ ހިދުމަތް ދެމުން އައީ މަދުވެގެން 200 ޑޮލަރުގެ އޯޑަރު ތަކަށެވެ.

ޝެއިންގެ ވިޔަފާރީގެ ހިދުމަތަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ގިނަބައެއްގެ މެދުގައި މަގުބޫލު ގިނަ ބަޔަކު ބޭނުން ކުރަމުން އައި ހިދުމަތެކެވެ. ނަމަވެސް ހިލޭ ޝިޕިންގ ހުއްޓާލުމާއެކު ދިވެހިން ޝެއިން އިން ކުރާ ވިޔަފާރި ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ޝެއިން އިން މުދާ ރާއްޖެ އެތެރެކޮށް ގިނަބަޔަކު އޮންލައިން ވިޔަފާރިވެސް ކުރަމުން ދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!