ގަތަރުން ވޯލްޑްކަޕް ފެށީ ކީރިތި ގުރުޢާންގެ ބަރަކާތުން
ދެންމެ | 18 ނޮވެމްބަރ 2022
އަންނަ އާދީއްތަދުވަހު ޤަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވާރލްޑް ކަޕް ފުޓުބޯޅު މުބާރާތުގެ ފެށުން ޤަތަރުން ހާފިޒުންގެ ގުރުއާން ކިޔެވުމާއެކު ފާހަގަ ކޮށްފިއެވެ.

މިގޮތުން 2022 ގެ ވާލްޑްކަޕަށް ޚާއްސަކޮށް ޤަތަރުން ބިނާ ކޮށްފައިވާ ސްޓޭޑިއަމްއެެއް ކަމުގައިވާ އަލް ތުމާނާ ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި 100 ހާފިޒުންވަނީ އެ ސްޓޭޑިއަމަށް ހާޒިރު ޤުރުއާންގެ ބަރަކާތުން ސްޓޭޑިއަމް ހުޅުވާފައެވެ.

މިއީ ކުރިޔަށް އޮތް ވާލްޑްކަޕް މުބާރާތް ފެށުމުގައި އިސްލާމީ ސަގާފަތުގެ ކުލަތައް ޖައްސާ އަދި ގަތަރުގެ ސަގާފަތް ދިރުވުމުގެ ގޮތުންނާއި ވާލްޑް ކަޕްގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާފައިވާ ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުދިންވަނީ ދީނީ ހުދު ހެދުމުގައި ތިބެ، ސްޓޭޑިއަމްގައި ގުރުއާނުގެ އާޔަތްތަ ކިޔަވާފައެވެ.

މި ސްޓޭޑިއަމްއަކީ ސަގާފީ އިސްލާމީ ހެދުމުގެ ބައެއް ކަމުގައިވާ ބޮލުގައި އަޅާ ތާކިހާގެ ސިފައަށް ޑިޒައިން ކޮށްފައިވާ ސްޓޭޑިއަމްއެކެވެ.

މި ރަސްމިއްޔާތުގައި މިއުޒިކާއި ނެށުމުގެ އެއްވެސް ހަރަކާތެއް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

ފީފާ ވާލްޑްކަޕަކީ ކޮންމެ 4 އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ ކުޅިވަރު އެންމެ ބޮޑު މުބާރާތެވެ. މިއީ އިސްލާމީ ގައުމެއްގައި މި މުބާރާތް ބޭއްވޭ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!