160 މިލިޔަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމެޓީން ފާސް ކޮށްފި
ދެންމެ | 18 ނޮވެމްބަރ 2022

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާއާއި އަންނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް އިތުރުކުރި 124 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. ދަޢުލަތުން ހުށައަޅާފައިވާ 2023 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!