”އާސްކް ސްޕީކަރ“ގެ 6 ވަނަ ޕްރޮގްރާމް ޑިސެމްބަރ 1 ގައި
ދެންމެ | 18 ނޮވެމްބަރ 2022

ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ ”އާސްކް ސްޕީކަރ“ ސިލްސިލާގެ ހަވަނަ ޕްރޮގްރާމް އަންނަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ”އާސްކް ސްޕީކަރ“ ޕްރޮގްރާމްގެ 6 ވަނަ ޝޯވ އޮންނާނީ 1 ޑިސެމްބަރ ދުވަހުގެ މެންދުރު ފަހު 2:15 ގައި މަޖިލީހުގެ އިދާރާގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ސުވާލު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7234566 ނަންބަރަށް އެމީހެއްގެ ނަމާއި އައިޑީ ކާޑް ނަމްބަރު ޖެހުމަށް ފަހު ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެސްއެމްއެސް ފޮނުއްވުމަށް މަޖިލީހުގެ އިދާރާއިންވަނީ އެދިފައެވެ. އަދި ފޭސްބުކާއި ޓްވިޓަރގައި އާސްކްސްޕީކަރ ހޭޝްޓެގުންވެސް ސުވާލު އެހޭނެއެވެ.

މި ޕްރޮގްރާމް ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާއިރު މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

”އާސްކް ސްޕީކަރ“ގެ ފުރަތަމަ ޕްރޮގްރާމް 7 ޑިސެމްބަރު 2019 ގައި ބާއްވާފައިވާއިރު، މިޒޕްރޮގްރާމް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!