ކާށި ހުސްވެ، އިތުރު ކާއްޓާއި އެކު 15 ޓަނު ކަރާ އުއްޗު ހަދިޔާ ކޮށްފި
ދެންމެ | 17 އޭޕްރިލް 2023

ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ބަހަން ހަދިޔާކުރި 30،000އަށް ވުރެ ގިނަ ކާށި ބަހައި ހުސްވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ ޗަމްޕާ ބްރަދާސްގެ ފަރާތުން ހަވާލުކުރި ކާށިތައް ރައްޔިތުންނަށް ބަހައި ހުސްވެފައިވާތީ ކާށިބެހުން މެދު ކަނޑައިލައިފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒް ވިދާޅުވީ، 35،000 ކާށި މާލޭ ރައްޔިތުންނަށް ބަހައިފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ހަފުތާގެ ބުދަ ދުވަހު އިތުރު 15،000 ކާށި ސިޓީ ކައުންސިލަށް ލިބޭނެ ކަމަށެވެ. އަދި އެ ކާށިތައް ލިބޭހާ އަވަހަކަށް ބެހުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.

ކާށީގެ އިތުރުން، ގިނަ އަދަދެއްގެ ކަރާ ވެސް މާލޭ ރައްޔިތުންނަށް ބެހުމަށް ޓަކައި ބުދަ ދުވަހު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ކާށި ބެހުމުގައި ސިޓީ ކައުންސިލުން ފުރަތަމަ އިސްކަންދިނީ އިސްލާމިކް މިނިސްޓްރީގެ ދަފުތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އިތުރު މީހުންނަށް ކާށި ބަހައިފައިވަނީ އެއަށް ފަހުގައެވެ.

ޗަމްޕާ ބްރަދާސްއިން މާލޭ ރައްޔިތުންނަށް ކާށި ހަދިޔާ ކުރީ، ރާއްޖޭގެ ގިނަ ރުއްތަކަކަށް ބަލި ޖެހި، ދިވެހި ކާށި ލިބުން އިންތިހާއަށް ދަތި ދަނޑިވަޅެއްގައެވެ. އަދި އެ ކަމުގެ ސަބަބުން ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!