ބޮލީވުޑް ތަރިން މާގިނައިން ދިވެހިރާއްޖޭގައި ފޮޓޯނާތީ ސުނިލް ޝެޓީ ރަތަށް އަރައިފި
ދެންމެ | 23 ނޮވެމްބަރ 2022
ބޮލީވުޑް ތަރިން މާގިނައިން ދިވެހިރާއްޖޭގައި ފޮޓޯނަގައި އެތަކެތި ހާމަކުރާތީ ސުނިލް ޝެޓީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސުނިލް ސެޓީ ބުނެފައިވަނީ މާގިނައިން ދިވެހިރާއްޖޭގައި ބޮލީބުޑް ތަރިން ނަގާފައިވާ ފޮޓޯތައް އާންމުކުރުމަކީ އޯޑިއަންސް އާއި އޮންނަ ގުޅުން ކެނޑޭނެ ކަމެއްކަމަށެވެ.

”މާގިނައިން އެއްބަޔަކު ފެންނަންޏާ ފޫހިވާނެ. އެއާޕޯޓްތަކުން ނުކުމެ، ޖިމްތަކުން ނުކުމެ، ރެސްޓޯރެންޓްތަކުން ނުކުމެ، ޕާޓީތަކުގައި ބައިވެރިވާއިރު، ގޭގައި ގެންގުޅޭ ޖަނަވާރު ހިނގާލަން ދާތަން ވެސް އެބަފެނޭ“ ސުނިލް ސެޓީ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އަދި އެމީހުންގެ މުއްސަނދި ދިރިއުޅުމުގެ ވައްޓަފާޅިން އެމީހުން ބެލުންތެރިންނާ ދުރުވާ ގޮތާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކިއެވެ.

”ދިވެހިރާއްޖޭގަ ނަގާފަހުރި ފޮޓޯތަކާ. މޫދަށް އެރުނުރިއު ލީ ސުވިމިން ސޫޓާ، ޝޫޝީ ކާމަންޒަރު ދެއްކުމަކީ ވެސް އޯޑިއަންސާއި ތަރިން އޮންނަ ގުޅުން ހީނަރުވާކަމެއް“ ސުނިލް ސެޓީ ބުންޏެވެ.

އެމީހުންގެ ފޮޓޯތަކުގައި އަގު ބޮޑު ރެސްޓޯރެންޓްތަކާއި، އަގު ބޮޑު ކާނާއާއި، އަގު ބޮޑު ޗުއްޓީތަކަކީ ބެލުންތެރިން ބަލަން ބޭނުންވާ އެއްޗެއް ނޫންކަމަށް ވެސް ސުނިލްސެޓީ ބުންޏެވެ.

ދިވެހިރާއްޖޭގެ ނަން ގެނައި ކަމުގައިވީނަމަވެސް ސުނިން ޝެޓީ އެ އިޝާރާތް ކުރަނީ އަގުބޮޑެތި ތަންތަނުގައި ތަރިން ފޮޓޯ ނަގާ ވާހަކައަށްކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!