އިންޑިޔާ ލޯނަކީ ނެތެމުންދިޔަ ރިޒާވަށް ލިބުނު ވަގުތީ ތަސައްލީއެއް: ނަޝީދު
ދެންމެ | 29 ނޮވެމްބަރ 2022

އިންޑިއާއިން, ރާއްޖެއަށް ދިން ލޯނަކީ ނެތެމުންދިޔަ ރިޒާވްއަށް ލިބުނު ވަގުތީ ހައްލެއްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓް އަށް ދިން 100 މިލިއަންގެ ލޯނަކީ މިވަގުތައް ލިބުނު ވަރަށް ބޮޑު އެހީތެރި ކަމެއް ކަމަށެވެ. އަދި މިއީ ނެތެމުން ދިޔަ ބޭރު ފައިސާގެ ރިޒާވް އަށް ލިބުނު ވަގުތީ ހައްލެއް ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އިންޑިއާއިން 100 މިލިއަންގެ ލޯނެއް އަނެއްކާވެސް ނަގާފައިވާއިރު, ހަމަ މިހަފްތާގައި އެމެރިކާއިން ވަނީ ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީ އެއް ދީފައެވެ.

މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެއިތުރަށް ޚަރަދުކޮށްފައިވާއިރު, މިއަހަރުވެސް ސަރުކާރުން ހުށަހަޅާފައިވަނީ ދަރަނި ބަޖެޓެކެވެ. މީގެ ސަބަބުން ރާއްޖެއިތުރަށް ދަރަނިވެރިވާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!