ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށް ގެންދިޔަ އެސެޝަނުގައި މައުލޫމާތު ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޝާހިދު، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތެވެ. ފުލުހުން ބުނީ މި ސެޝަނަކީ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތުދިނުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެެވެ.
ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސް ބައެއް ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޗާގޮސް މައްސަލަ ހޫނުވެގެންދިޔައީ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އަށް މޮރިޝަސްއިން ހުށަހަޅާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ބަލައިގަންނަން ނިންމައި ރައީސް ސޯލިހު މިދިޔަ އޮގަސްޓް މަހުގެތެރޭގައި މޮރިޝަސްގެ ރައީސަށް ސިޓީއަކުން އެކަން އަންގަވާފަައިވާ ކަމަށްބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމާއި ގުޅިގެންނެެވެ.
ރައީސްގެ އެ ސިޓީފުޅަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބަޔެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވުން ކަމަށްބުނެ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވިއެވެ. އެހެން ނަމަވެސް އެމައްސަލަ ހޫނުވުމާއި ގުޅިގެން ފަހުން ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވީ ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް އދ ގައި ވޯޓު ދިނުމަށް ނިންމި ނިންމުމުގެ ސަބަބުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ބަންޑާރަ ނައިބް ވިދާޅުވީ ސަރުކާރުން މަސައްކަތް ކޮށްފައި ވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެން ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަށްވާނީ އެގޮތުގެ މަތިން ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
Fint innlegg, jeg har delt det med vennene mine.
Also visit my site :: Twicsy
Dejligt indlæg, jeg har delt det med mine venner.
Here is my blog post; https://twicsy.com/da/kop-instagram-folgere
Güzel bir yazı, arkadaşlarımla paylaştım.
Feel free to surf to my homepage … Twicsy
Fint innlegg, jeg har delt det med vennene mine.
Also visit my web-site; https://twicsy.com/no/kjop-instagram-likes
Nice post, na-share ko na sa mga kaibigan ko.
Feel free to visit my web site :: Twicsy