ރައީސް ސޯލިހަށް ވެރިކަން ދިން ކަމަށް ރައީސް ނަސީދު ވިދާޅެއް ނުވޭ، ރައީސް ހެދީ ބުހުތާނު ދޮގެއް ކަން ހާމަ ވެއްޖެ
ދެންމެ | 12 ޖެނުއަރީ 2023

ވެރިކަން ދިނީ ވެސް ތިމަންނަ އޭ ވެރިކަން ބަދަލު ކުރާނީ ތިމަންނަ އޭ ރައީސް ނަސީދު ވިދާޅުވި ކަމަށް ބުނެ ރައީސް ސޯލިހް މުތުލަގަށް ބުހުތާނު ދޮގެއް ހެއްދެވިކަން ހާމަ ވެއްޖެ އެވެ.

ރައީސް ސޯލިހް މި ދޮގު ހައްދަވާފައި މިވަނީ ރައީސް ސޯލިހު ވެރިކަމަށް ގެންނަވަން އެންމެ ފުރަތަމަ އެމަސައްކަތް ކުރެއްވީ ވެސް އަދި ވެރިކަމުން ބާލަން އެމަސައްކަތް ވެސް ކަމަށކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ގަސްތުގައި އޮޅުވައިލައްވައިގެން ނެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ބ. ހިތާދޫއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބާ ހަމައަށް އައިއިރު، ވެރިކަމަށް ކުރިމަތިލެއްވޭނެ އިދިކޮޅު ބޭފުޅަކު އޭރަކު ނެތް ކަމަށެވެ. އޭރު ހުރިހާ ސިޔާސީ ލީޑަރުން ތިބީ ބަންދުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

”އެހެންވެ، އެއްވެސް މީހަކަށް ނެތް 2018 ގައި ނުކުމެ، އިންތިހާބުގައި ބައިވެރިވެވޭކަށް. ހުރިހާ އެންމެން އެކުގައި ނިންމީ ރައީސް ސޯލިހް އަޅުގަނޑުމެން ނެރުމަށް،“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ރައީސް ސޯލިހް ނެރުނީ 18 މަސް ދުވަހު ވެރިކަން ކުރާ ގޮތަށެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އެ ވާހަކަ ލިޔެފައި އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!