ތަސްމީނު ކޮއްކޮ، ރޮޒައިނާ ފިރި ސޮރު ނާސިޒުގެ މެނޭޖަރުކަމުގައި ވަހީދަށް 5 ޕަސެންޓް، އިބޫއަށް ވާނީ ކިހިނެއް؟
ދެންމެ | 13 ޖެނުއަރީ 2023

2013 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ތަސްމީން އަލީގެ ރަނިންގ މޭޓާއި އެކު ރައީސް ޑރ. ވަހީދު ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެންނެވީ ތަސްމީނުގެ ކޮއ  ްކޯފުޅު ރޮޒައިނާ ފިރި ސޮރު ނާސިޒުގެ ކެމްޕޭން މެނާޖަރުކަމުގަ އެވެ.

ވެެރިކަމުގެ އާރާއި ބާރާއި ސާނާ ސައުކަތުގެ ކުންނުގައި ހުރެ ރައީސް ވަހީދުގެ ކެމްޕޭނު މެނޭޖަރ މަގާމާއި ރޮޒައިނާ ފިރި ސޮރު އަދި ތަސްމީން އަލީގެ ކޮއްކޯފުޅު ނާސިޒު ހަވާލުވެ ވަޑައިގެންނެވީ 5 ޕަސެންޓް ވޯޓު ހޯއްދަވާކަށް ނޫނެވެ. އެހެންނަމަވެސް ސިކުޑީގައި ނެތް އެއްޗެއް ނެރެވޭނެ ގޮތެއް ނެތެވެ.

ދަންނަވަން މިއުޅޭވާހަކަ އަކީ މިއެއް ނޫނެވެ. 2013 ވަނަ އަހަރު ރައީސް ވަހީދަށް 5 ޕަސެންޓް ލިބިވަޑައިގެންނެވި އިންތިހާބާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި އެއްގޮތް ކަމުގެ ވާހަކަ އެވެ. ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރަކަށް ވަހީދުގެ 5 ޕަސެންޓް ހޯއްދެވި ކެމްޕޭން މެނޭޖަރު ހަމަޖެއްސި ގޮތުގެ ވާހަކަ އެވެ. ރައީސް ވަހީދުގެ ވަށައިގެން އެދުވަހު އެބުރު ޓީމް މިއަދު ރައީސް ސޯލިހުގެ ވަށައިގެން އެބުރެމުންދާ ވާހަކަ އެވެ. އަހުމަދު ތަސްމީން އަލީ އެވެ. އަބުދުﷲ ޝާހިދެވެ. މަވޯޓާ ސަރީފެވެ. އިމުރާނެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ ވަހީދާއި އެކު އޮތް ސަރަފްވެރި 5 ޕަސެންޓް ހޯއްދެވި މުޅި ޓީމު އޮންނެވީ ރައީސް ސޯލިހާއި އެކުގަ އެވެ.

2013 ވަނަ ރިޔާސީ އިންތިހާބުގައި ރައީސް ވަހީދު ވެސް އިންތިހާއަށް ހަރަދު ކުރެއްވި އެވެ. ކެމްޕޭނުކަމަށް ވިދާޅުވެ އެކި އެކި ޓީމުތައް ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި މަސައްކަތް ވެސް ކުރެެއްވި އެވެ. އެހެންނަމަވެސް ޓީމުގެ ބޮޑުބައެއް އެމަނިކުފާނަށް ދެއްވީ ދޯކާ އެވެ. ވަހީދަށް ރެއަކާއިލީ 5 ޕަސެންޓް ލިބިވަޑައިގެންނެވެމުންނެވެ. އާއެކެވެ. ވަގުތު ފާއިތުވީ އެވެ. އޭރު އަރިހުގައި އެއްވެސް މީހަކު ނެތެވެ. ހުންނެވީ ގިނި ކަންޏާ އެވެ.

ތެދެކެވެ. ބަގުރޫޓު ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާއިލް ފިލައިފި އެވެ. ރައީސް ސޯލިހްގެ ފިނޭންސް މިނިސްޓަރ އަމީރު މޭބޮޑުވެ ހިތް ތުރުތުރު އަޅައިގެންފި އެވެ. އެހެންނަމަވެސް އަރިހުގައި ތިއްބެވި 5 ޕަސެންޓް ޓީމު ވަހީދަށް ދެއްކެވި ކަހަލަ އަވާ މެންދުރު ރައީސް ސޯލިހަށް ދައްކަވަނީ އެވެ. ވަނީ ވެސް އެހެންތާ އެވެ. އަދި ވެރިކަމުގައި ބާކީ ދުވަސްކޮޅެއް އެބަ އޮތެވެ. މަގާމާއި ޖާހަތް ރަައްކާތެރިކުރަައްވަން ޖެހޭނެ އެވެ.

ރައީސް ސޯލިހު ވެސް ޖޯސާއި އެކު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރެެއްވުމުގެ ފުރިހަމަ ތަޖްރިބާ ހުންނެވި ކަމަށެވެ. އެހެންނަމަވެސް 5 ޕަސެންޓް ހޯދެއްވި ކެމްޕޭން މެނޭޖަރެއްގެ މޭސްތިރި ކަމުގައި ކުރެވޭނީ ކޮން ކެމްޕޭނެއް ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!