އިބޫގެ ޖަލްސާ: ސަރުކާރުގެ ބޮޑުންނާއި ކުންފުނިތަކުގެ މުވައްޒަފުނާއި ބޮންދުންނާއި އެކު ބީޗް ސަރަހައްދު ފުރާލައިފި.
ދެންމެ | 20 ޖެނުއަރީ 2023

އިބޫގެ ޖަލްސާ ސަރުކާރުގެ ބޮޑުންނާއި ކުންފުނިތަކުގެ މުވައްޒަފުނާއި ބޮންދުންނާއި އެކު ބީޗް ސަރަހައްދު ފުރާލައިފި އެވެ.

މާލޭ އާޓިފިސަލް ބީޗް ސަރަހައްދުގައި ހުރި ދެންމެ ގެ ރިޕޯޓަރު ބުނީ ކުރީ ސަފުތަކުން ފެންނަމުންދަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޮޑުން ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޖަލްސާއިން ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށެވެ.

“ އެކި އެކި ރަށްރަށުގެ ފެނަކަ އިންޖީނުގެ ތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ގިނަ އަދަދެއްގެ މީހުން ވެސް އެބަ އުޅޭ މިޖަލްސާގައި“

ބީޗް ސަރަހައްދުގައި އެމްޑީޕީގެ ރީދޫ ޓީސާޓު ލައްވާފައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތު މީހުން ޖަލްސާގައި ތިބިކަން ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!