އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަން ނުހައްދަވާނެ ކަމަށާއި އެކަމާއި ކަންބޮޑުވެ ބިރުގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭންޓީމުން ބުނުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިހާރު ހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ.މާމެންދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ބޭއްވި ޖަލްސާގައި ވިދާޅުވީ ރައީސް ޞާލިހު ކޯލިޝަން ހައްދައިވައިގެން އުޅުއްވަނީ މާބިރުވެރި ފަރާތްތަކާއި އެކުގައި ކަމަށެވެ.
”އިއްތިހާދު ހަދައިގެން މި ތިބީ ރައީސް މައުމޫނާ އެކީ. ދެން އިއްތިހާދުގެ އަނެއް މެމްބަރަކީ ޝޭހު އިމްރާން . ދެން އަޅުގަނޑު މި ވާހަކަ ދިގުކޮށް ދައްކާނެ ކަމެއް ނެތް މި ތަނުގައި. ބިރުވެރީ ކޮންކަމެއްތޯ؟“ ނަޝީދު ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބިރުވެރީ އެމްޑީޕީގެ ސިޔާސަތެއް ނުހިންގާފާނެތީއާއި އެ ނޫން އެއްވެސް އެހެން ކަމެއް ބިރުވެރިނޫން ކަމަށެވެ. އަދި ބިރުވެރީ ނިކަމެތިކަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފޯރަމުންދާ ކަމުން ކަމަށާއި އެ މީހުންނަށް ހަށިފޮޅާލާފައި ނުތެދުވެވޭ ކަމުންކަމަށް ނަޝީދު ވިދާޅުވީއެވެ.
ނަޝީދު ވަނީ 18 މަސްދުވަސް ޓިނު ގޮޅިއެއްގައި ބަންދުކޮށްގެން ގެންގުޅުނީ ޔާމީނު ނޫން ކަމަށް ވިދާޅުވެ އެދުވަސްތަކުގެ ހަނދާން އާކުރައްވާފައެވެ.
އެހެން އިންތިޚާބު ތައް ކާމިޔާބު ކުރަން 2023 މުހިއްމުކަމަށް އެމްޑީޕީން ބުނި ނަމަވެސް އެކަން ކުރާނެ އެމްޑީޕީ ދެމިއޮތިއްޔާ ހުރިހާ އިންތިޚާބު ތައް ކާމިޔާބު ކުރަން އެއީ ޝަރުތެއް ވެސް ނޫން މީގައި ހަމަހަމަވެގެން ދާނީ އެހެން އިންތިޚާބު ތައް އިދިކޮޅު ޕާރޓީ ތަކަށް ލިބުމުން އެއިރުން ސަރުކާރުން ކުރާ ވައްކަން ތައް އެމެން ފަޅާ އަރުވާނީ ރާއްޖޭގައި 200 ރަށުގައި މީހުން ދިރިނޫޅެވޭނެއޭ އެއީ ކުރެވޭނެ ކަމެއް ނޫނޭ ރައީސް އިބޫ އުޅެނީ މޮޔަވެގެންނޭ އެއީ މުސްތަހީލް ކަމެކޭ ރައީސް އިބޫ ހެޔޮނުވާނެ އެންމެ ދުވަހެއް ވެސް ވަންދެން ރާއްޖޭގެ ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ…