އަމުރަށް އިންޒާރު ދިނުމުން އެލްޖީއޭ ސީއީއޯ އަފްސަން ރައީސް ނަސީދުގެ ކެމްޕޭނާއި ގުޅިއްޖެ
ދެންމެ | 22 ޖެނުއަރީ 2023
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއީދުކޮށް އެލްޖީއޭގެ ބޯޑުގެ ރައީސް އަދި އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފް ރައީސް ނަޝީދުގެ ކެމްޕެއިނާއި ގުޅިއްޖެއެވެ.

މިރޭ ރައީސް ނަޝީދަށް ތާޢީދުކޮށް އަލަށް ކެންޕޭނާ ގުޅުނު ޓީމުތަކާއި މާލެއަށް ވޯޓުލައްވާ މެންބަރުންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ބިލަބޯންގ ސްކޫލުގައި ބޭއްވި ބައްދަލުވުމަށް އަފްޝަން ވަނީ ވަޑައިގެންފައެވެ. މިބައްދަލުވުމުގައި އަމްރުވެސް ބައިވެރިވެފައިވެއެވެ.

މިރޭ ބޭއްވި ބައްދަލުވުޖމުގައި ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. މިބައްދަލުވުމަކީ ވޯޓުގެ ކުރިން މާލޭގެ ރައްޔިތުންނާއި މިގޮތަށް ރައީސް ނަޝީދު ބައްދަލު ކުރައްވާ ފަހު ފަހަރެވެ. ކެމްޕެއިންގައި ރައީސް ނަޝީދު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯގެ އެމްޑީ އަމްރު ރައީސް ނަޝީދަށް ތާއީދު ކުރެއްވުމުން ރައީސް ޞާލިހު ވަނީ އަމްރުއަށް އިންޒާރެއްވެސް ދެއްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިންގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މަޑުނުޖެހޭނެ ކަމަށެވެ.

ރައީސްގެ ވާހަކަތަކަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުރިން އެ ހަރަކާތުގައި ބައިވެރިވާނެ ކަމާއި އެކަމުގެ ސަބަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައި ވާނެކަމަށެވެ.

އަމްރު ވިދާޅުވީ ނަޝީދާ އެކު ކެމްޕެއިނަށް ވަޑައިގަތުމުގެ ކުރިން ރައީސްއާ ވާހަކަ ދައްކަވައި، އެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބާ އަދި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް ބުރޫނާރާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
  1. 狗最安全的饮食

  2. 在假期处理宠物健康紧急情况