އެއަރޕޯޓާއި ހޮސްޕިޓަލް މައްސަލައިގައި ހިސާން ގާތަށް ނައިޓަށް ވަންނަން ކަމަށް ބުނެ، ތުޅާދޫއިން ހިސާން ރައްވާލައިފި
ދެންމެ | 23 ޖެނުއަރީ 2023

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބ. ތުޅާދޫއަށް ވަޑައިގަތުމުން ގިނަ ބަޔަކު ނިކުމެ މުޒާހަރާކޮށްފިއެވެ.

ހިސާން ތުޅާދޫއަށް ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހިސާން ތުޅާދޫއަށް ވަޑައިގަތުމާއެކު ގިނަ ރައްޔިތުންތަކެއް ނިކުމެ ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އަދި އެ މީހުންވަނީ ހިސާންގެ ފަހަތުން އަޑުގަދަ ކުރަމުން ހިނގާ މި ސަރުކާރުގެ ނުފުއްދި ހުރި ވައުދުތަކުގެ ވާހަކަވެސް ދައްކާފައެވެ. އަދި ހިސާނަކީ ވަގެއް ކަމަށާއި ރައްޔިތުންނަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.

ހިސާން ތުޅާދޫއަށް ވަޑައިގެންނެވި ވަކި ސަބަބެއް ނޭނގެއެވެ. ނަމަވެސް މި ދުވަސްވަރަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ދުވަސްވަރު ކަމުން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނާއި ވަޒީރުން އަދި ކުންފުނިތަކުގެ ވެރިން އަންނަނީ އެބޭފުޅުންގެ ދާއިރާއަށް ވަޑައިގެން ރައީސް އިބްރާހީމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް އިބްރާހިމް ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ގިނަ ރަށްރަށުން އަންނަނީ އެމަނިކުފާނާ ދެކޮށް މުޒާހަރާ ކުރަމުންނެވެ. އަދި ހާއްސަކޮށް އާބާދީ ބޮޑެތި ރަށްތަކުން އެމަނިކުފާނަށް ލިބެނީ ވަރަށް ފިނި ތަރުހީބެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!