އިންތިހާބަށް ވިލުފުށީ ރައްޔިތުންގެ ’ބޯ‘ ކާން ހައިމާކަކާއި ބާ ލޮރީއެއް ވިލުފުއްޓަށް އަރުވައިފި
ދެންމެ | 25 ޖެނުއަރީ 2023

ތ. ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެ ވިލުފުށީ ރައްޔިތުން ބޯ ކާންވެގެން ލޮރީ އަކާއި ހައިމާކެއް ވިލުފުއްޓަށް އަރުވައިފި އެވެ.

އެ މަސައްކަތް ހަވާލު ކޮށްފައިވާ ސަރުކާރުގެ ކުންފުނި އެމްޓީސީސީން ބުނެފައިވަނީ ތ. ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 24 ޖެނުއަރީ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީ ޕްރައިމަރީ ވޯޓުލުން އޮންނާނެ އެވެ. އަދި ބާ ލޮރީ އަކާއި އެސްކަވޭޓަރެއް އަރުވާފައިވާ އިރު އީ.އައި.އޭ. ހެދުމުގެ މަސައްކަތް ވެސް ނިމިފައި ނުވެ އެވެ.

މި މަޝްރޫއުގެ ދަށުން، 3047 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1869 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 184 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، ފަތާ ސަރަޙައްދު ވަށައިގެން ބެރިއަރ ފްލޯޓްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ތ. ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!