ދިއްދޫ ކައުންސިލު ރައީސް ފަހު ވަގުތު އިބޫ ދޫކޮށް، ނަސީދަށް ތާއީދު ކޮށްފި
ދެންމެ | 26 ޖެނުއަރީ 2023

ހއ. ދިއްދޫ ކައުންސިލު ރައީސް ފަހު ވަގުތު އިބޫ ދޫކޮށް، ނަސީދަށް ތާއީދު ކޮށްފި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ހއ. ދިއްދޫ ކައުންސިލް އިން ބަޔާނެއް ވެސް ވަނީ ނެރެފިއެވެ.

ދިއްދޫ ކައުންސިލް ރައީސް ބައެއް މީޑިޔާތަކަށް ވިދާޅުވީ ރައީސް ނަސީދަށް ތާއީދު ކުރުމަށް ނިންމެވީ ކުރިއަށް އޮތް ރިޔާސީ އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެޑިޑޭޓަކީ ރައީސް ނަސީދު ކަމަށް ވާތީ ކަމަށެވެ.

އިންތިހާބު ކުޑަ ތަންވަމުން އަންނަ އިރު ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުން ގެންދަވަނީ ރައީސް ނަސީދަށް ތާއީދު ކުރައްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!