އާރުޑީސީ އެމްޑީ މޫކޭ ޕްރެސަރަށް ގޮސް ވޯޓުލާ މަރުކަޒުގައި ރޯ އައުގުރާނަ ގޮވަން ފަށައިފި
ދެންމެ | 28 ޖެނުއަރީ 2023

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވޯޓުލާ މަރުކަޒުގައި އަވަގުރާނަ ގޮވި ވީޑިއޯއެއް އާންމުވެއްޖެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މޫކޭ އަވަގުރާނަ ގޮވި ވަގުތު ހުންނެވީ އިސްކަންދަރު ސްކޫލްގައެވެ.

މޫކޭ ވޯޓުލެއްވުމަށް ގޮނޑީގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، މީހަކު ހަޅޭއްލަވަމުން އައިސް މޫކޭ އާ ދިމާލަށް ބުނެފައި ވަނީ އޮޅުވާލައިގެން ވޯޓު ނުލެވޭނެ ކަމަށެވެ.

އެއާއެކު، މޫކޭ ”ރުޅިގަދަވެ“ އަވަގުރާނަ ގޮވަން ފެށީއެވެ. އަދި ގޮނޑިން ތެދުވެވަޑައިގެން ހަޅޭއްލެވުމަށް އެމީހާ ކައިރި އަށް ވަޑައިގެންނެވި މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ފަހުން، މޫކޭ، ހަމައަކަށް އަޅުވަން ބަޔަކު މަސައްކަތް ކުރާ ތަން ފެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!