ރައީސް ނަސީދާއި ކޯލިޝަނާ ނުލާ ވެސް އިބޫ އިންތިހާބު ކާމިޔާބު ކުރާނެ: މަވޯޓާ ސަރީފް
ދެންމެ | 30 ޖެނުއަރީ 2023
ކޯލިޝަނަކާއި ނުލާ ވެސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ބުރުންވެސް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަ ނޫން ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްެޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ %61.10 ވޯޓުން ނަޝީދު ބަލިކޮށްގެންނެވެ. ރައީސް ސޯލިހް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ރައީސް ސޯލިހް ވަނީ 24،566 ވޯޓު ކަށަވަރު ކުރައްވައިފައެވެ.

މި އިންތިހާބުގައި ރައިސް ސޯލިހް ހޮވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި މަވޯޓާ ކުރެއްވި ޓްވީޓެއްގައި ފުރަތަމަ ބުރުގައި ރައީސް ސޯލުހް ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

”އެއިރުން ދެން ތިބި ޕޮލިޓިކަލް ޕާޓީތަކުގެ ސްޓްރެންތް އެނގޭނެ. އެއިރަށް ބަލާފައި ސަރުކާރުން ހިއްސާވާނެ މިންވަރު ކަނޑައަޅަން ޖެހޭނީ. އުފެދޭ އެއްެވެސް ކޯލިޝަނެއްގެ %60 އަށްވުރެ އެމްޑީޕީގެ ހިއްސާ ބޮޑުވާނެ ޖެހޭނެ“. އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސޯލިހްގެ ކެންޑިޑެންސީގެ ދަށުން ކޯލިޝަނަކާއި ނުލާވެސް ދެވަނަ ބުރުން އެމްޑީޕީ އަށް ވެރިކަން ހޯދުމުގެ ފުރުސަތު ކުޑަ ނޫން ކަމަށެވެ.

”ކޯލިޝަން އޮތިއްޔާ މާ ފަސޭހަ ވާނެ“. އޭނާ ވިދާޅުވިއެވެ.

މި އިންތިހާބުގައި ވޯޓުލުމަށް 57،255 މީހަކަށް ހައްގު ލިބިގެންވެއެވެ. ނަމަަވެސް ވޯޓު ލާން ގޮސްފައި ވަނީ 40،887 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!