ޒިންމާދާރު ފިރިއަކަށް މުޖްތަމައުން ހުރި ނުރައްކާ!!
ދެންމެ | 03 ފެބްރުއަރީ 2023

އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމުގެ ވާހަކަ އޮންނަނީ ޓީވީ ޕްރޮގުރާމްތަކާއި ފާހަގަ ކޮށްލާ ދުވަސްތަކުގައި ދައްކާލާ ވާހަކަތަކުގަ އެވެ. މުޖުތަމައުގެ ވިސްނުމާއި ފިކުރު ބަދަލުވުމެއް ނެތެވެ.

ކައިގެން ތަށި ދޮވުނީމަ މައިދައިތަ ގޮސް ޖޯލި ފަތީގައި މިކިޔަނީ އަހަރެންގޯތި މުހައްމަދު އިނީ ކަންނެތް އަންހެނަކާ އެވެ. މުހައްމަދު ފަކީރު ކައިފައި ތަށިވެސް ދޮންނަނީ ވެސް އަމިއްލަ އަށެވެ.

މެޝިނުންދޮވެފަ ނަގާ އަންނައުނު ފިރިމީހާ ހިއްކަން އަޅަން ހުއްޓަ ފެނުނީމަ އަލީ ދާ ބާރުމިނުގައި ގޮސް ސައި ހޮޓަލުގައި މިކިޔަނީ ހަސަން އެބަހުއްޓޭ އެއްޗެހި ހިއްކަން އަޅަން ނޫނޭ އަނބިމީހާ ދެކެ ބިރުގަންނަ ފިރިހެނެކެވެ.

އަހުމަދު ރޭގަނޑު ކުޅެން ނުދިޔައީމަ އަނެއް ދުވަހު ފެންނަ އިރަށް އެންމެން މިކިޔަނީ ކަލޯ އަހުމަދާ ރޭގަނޑު އަނބިގޮއްޔެ ބިއްދަށުގައޭ އޮންނަން ޖެހެނީ ދޯ އެވެ.

ދޮންބެ ދަރި ފެންވަރުވާ ކާންދީ ރީތި ކުރާތީ އަންހެން ކޮއްކޮ އެންމެން ކައިރި މިކޔަނީ ދޮންބެ ފަކީރު ވަރަށް ހާލުގައޭ އުޅެނީ ދަރިން ފެންވަރުވާ ކާންދޭން ޖެހެނީ ދޮންބެ އަށެވެ.

ރެސްޓޯރެންޓަކަށް ކާލަން ގޮސްފިއްޔާ ބުނާނެ ނޫނޭ އަދީބު އިދިގެން މިއުޅެނީވާ ކައްކަން ވެސް ނުދަންނަ އަށްޑިހަ އަށްޑިހައިގެ އަންހެނަކާ އެވެ.

މިވަރުން ޒިންމާދާރު ފިރިއެއް ނުވަތަ ބަފައެއް ލިބޭނީ ކިހިނެއް ތޯ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!