އިބޫ އަށް ދެވަނަ ދައުރެއް ދީފިނަމަ ރާއްޖޭގައި އެއްވެސް މައްސަލައެއް ނޯންނާނެ: އާޒިމް
ދެންމެ | 14 މެއި 2023

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދެވަނަ ދައުރެއް ދީފިނަމަ ގައުމުގައި ހުރި ހުރިހާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރައީސް ސާލިޙަށް ރައްޔިތުން ދެވަނަ ދައުރެއްދީފިނަމަ ގައުމުގައި ހުރި ހުރިހާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ރައީސްގެ ހިނގަމުން މިދާ ރިޔާސީ ދައުރު ތެރޭގައި ވޭތުވެ ދިޔަ 30 ނުވަތަ 40 އަހަރު ނުކުރެވޭހާ ބޮޑެތި މަސައްކަތްތައް ކޮށް ނިއްމާފައިވާ ކަމަށެވެ.

އަދި ރައީސަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ފުރިހަމަ ވެގެންދާނެ ކަމަށާއި މަސްވެރިންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފުރިހަމަވެގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

”ފެނާ ނަރުދަމާގެ ކަންތައްތައް މިދައުރުގެ ތެރޭގައި އެއްކޮށް ނިންމަން ރައީސް އެ މަސައްކަތް ކުރައްވަނީ. ބަނދަރުތަކުގެ މަސައްކަތް ވެސް ނިންމަން އެ މަސައްކަތް ކުރަށްވަނީ، މީގެ އިތުރުން ޝޯ ޕްރޮޑަކްޝަންގެ މަސައްކަތްތަކެއްް އަޅުގަނޑުމެންނާއި ހަވާލުކޮށްފައި އެބަހުރި، އަދި އިތުރަށް މަސައްކަތް ކުރަން އެބަހުރި. އެހެންވީމަ ފަސް އަހަރެއްގެ ތެރޭގައި މިކޮށްލެވެނީ ގާތްގަނޑަކަށް 30 40 އަހަރު ނުކުރެވި ހުރި މަސައްކަތް. އެންމެ ފަސްއަހަރު ތެރޭގައި ރައީސް އެ ކުރަށްވަނީ.“ ސަރުކާރުން ހިންގާ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކު ކުރަމުން ގެންދާ އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވިއެވެ.

އާޒިމް އަޗާ ތެޅި ސަރުކާރުން ފެށި ބިޔަ އެއްވެސް މަސްރޫއެއް ނިންމިފައި ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!