ޕީޖީ އޮފީހަށް 2400 ރުފިޔާގެ އަގުބޮޑު ގޮޮނޑިއެއްގަނެފި
ދެންމެ | 05 ފެބްރުއަރީ 2023

ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް 24,300 ރުފިޔާގެ އަގުބޮޑު ގޮޮނޑިއެއްގަނެފި އެވެ.

މިކަން ހާމަވެފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެ އޮފީހުން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލު ހާމަކޮށް މިއަދު ނެރެފައިވާ މައުލޫމާތު ތަކުންނެވެ.

އެގޮތުން އާއްމު ކޮށްފައިވާ މައުލޫމާތު ތަކުން ހާމަވާގޮތުގައި ޕީޖީ އޮފީހުން ގަނެފައިވަނީ މީޑިއަމް ސައިޒުގެ އޮފީސް ގޮނޑިއެކެވެ. މި ގޮނޑި ގަނެފައިވަނީ ރެއިންބޯ އެންޓަޕްރައިސަސް އިންނެވެ.

މީގެ އިތުރުން އޮފީހުގައި ހަރުކުރާ ގައުމީ ދިދައާއި، ޕީޖީ އޮފީހުގެ ދިދަ ގަންނަން 31،050ރ. ހަރަދުކޮށްފައިވާއިރު، ޑީވީޑީ އާރެއް ރަބާ ކަވަރަކާއެކު ގަތުމަށް ވެސް 27،000ރ. މިދިޔަ މަހު ހަރަދުކޮށްފަ އެވެ. މި ޑީވީޑީ އާރު ގަނެފައިވަނީ ފްރެޝިއޮން ކިޔާ ތަނަކުންނެވެ.

މިދިޔަ ޖަނަވަރީ މަހު ޕީޖީ އޮފީހުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރު ތަކަށެވެ. އެގޮތުން މުޅި ޖުމުލަ 1,25,500 (އެއްލައްކަ ފަންސަވީސް ހާސް ފަސް ސަތޭކަ) އަށްވުރެ ގިނަ ރުފިޔާ ވަނީ ދަތުރުތަކަށް ހޭދަކޮށްފައެވެ. ދަތުރު ތަކުގެ ތެރެއިން އެންމެ ބޮޑ ޚަރަދެއް އެއް ދަތުރަކަށް ކޮށްފައިވަނީ އެ އޮފީހުގެ 2 ސްޓާފުން ސަން އައިލެންޑް އަށް ކޮށްފައިވާ ދަތުރަށެވެ. މުޅި އެ ދަތުރަށް ޖުމުލަ 50,000 އަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ސަރކިއުލާގައި ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މައުލޫމާތު ހާމަކުރަން ލާޒިމުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!