ތުއްތުއިރު ފޮޓޯނެގި އިބޫ ދޮންބެ، ބައްޕަ މަރާލަން ގޮއްވާލުމުން އަޅާ ވެސް ނުލި: މީރާ ނަސީދު
ދެންމެ | 10 ފެބްރުއަރީ 2023

ސިޔާސީ ވާދަވެރިންނަށް ވުމުގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދުގެ އާއިލާގެ ގުޅުން އޮތް މިންވަރު ކުޑައިރުގެ ހަނދާންތަކާއެކު ރައީސް ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ކުރި ޓްވީޓަކުން ކިޔައިދީފިއެވެ.

މީރާ ކުރި އަސަރުގަދަ ޓްވީޓްގައި ވަނީ ”އިބޫ“ ނުވަތަ ”އިބޫ ދޮންބެ“ގެ ނަމުން އޭނާ މުހާތަބުކުރި، މިހާރުގެ ރައީސް ޞާލިޙް، މީރާގެ އުމުރުން އެއް އަހަރު ފުރެންދެން ކޮންމެ މަހެއްގައިވެސް އޭނާއާއެކު ހާއްސަ ފޮޓޯތަކެއް ނަގާ ކަމަށެވެ. އަދި އެހާއްސަ ފޮޓޯތައް ނެގުން އޮންނަނީ ކޮންމެ މަހެއްގެވެސް 19 ވަނަ ދުވަހު ކަމަށް މީރާ ބުނެފައިވެއެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ އޯގަސްޓު މަހުގެ 19ވަނަ ދުވަހަކީ އޭނާގެ އުފަންދުވަސް ކަމަށްވުން، އުމުރުން އެއް އަހަރު ވަންދެން ކޮންމެ މަހެއް ފުރޭ ދުވަސް ފާހަގަކުރުމެވެ. އެގޮތުން، ނެގި ފޮޓޯތައް ފޮޓޯބުކްއެއްގައި ނުވަތަ ފޮޓޯއަލްބަމްއެއްގައި ރައްކާކުރެވިފައިވާކަަން މީރާގެ ޓްވީޓުން ހާމަވެއެވެ.

މީރާ ބުނީ ޅައިރު ހަނދާންތައް އާކުރުމަށް އެފޮޓޯތައް ރައްކާކޮށްފައިވާ ފޮތް ވަރަށް ގިނައިން ބަލަން ކަމަށެވެ.

ރައީސް ޞާލިޙްގެ އާއިލާ އާއި މީރާގެ އާއިލާގެ ގުޅުން އޭރު އޮތް މިންވަރު ކިޔައިދެމުން މީރާ އިތުރަށް ބުނީ، ގިނަ ދުވަސްދުވަހު ހެނދުނުގެ ސައި ބޮއެ ހެދީވެސް ދެ އާއިލާއެކުގައި ކަމަށާއި އެކުގައި އުޅެ ބޮޑުވީ އޭނާ އާއި ދާދި އެއްއުމުރެއްގެ ކުދިން ކަމަށްވާ ރައީސް ޞާލިޙްގެ ދަރިންނާއެކު ކަމަށެވެ. ހަފުތާ ބަންދުތަކުގައި ބައެއް ރޭރޭ ރައީސް ޞާލިޙްގެ ގޭގައި ނިދާ އުޅުނު ހަނދާންވާކަންވެސް އޭނާ ފާހަގަކުރިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުން ދުވަސްވަރު ފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި، ދެ އާއިލާގެ މެދުގައި އޮތް އާދަޔާ ހިލާފު ގާތް ގުޅުން ފާހަގަކޮށް އޭނާ ބުނީ، އެކަން ކަމަށް ވަރަށް ޝުކުރުވެރިވިން ކަމަށެވެ.

އޭނާ ދެން ކިޔައިދިނީ ސިޔާސީ ކަންކަމުގެ ތެރެއިން ދެ އާއިލާގެ ގުޅުން ހީނަރުވި ގޮތެވެ. އޭނާ ފާހަގަކުރި އެއްކަމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އާއި އޭގެ ފަހުންވެސް، ރައީސް ނަޝީދާ ދެކޮޅަށް ރައީސް ޞާލިޙްގެ އާއިލީ ބޭފުޅުން ދައްކާ ވާހަކަތަކެވެ. މީރާ ސިފަކުރާ ގޮތުގައި، ރައީސް ނަޝީދަށް އެބޭފުޅުން އަމާޒުކުރާ ފާޑުކިޔުންތަކަކީ ސިޔާސީ ކަމަކަށްވުރެ ޒާތީކަމެކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު ދިން ނިރުބަވެރި ހަމަލާއަށް ފަހުގައިވެސް ރައީސް ޞާލިހާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ފެނުނީ އަޅާނުލުމާއި ރަހުމުކުޑަކަން ކަމަށާއި އެކަމުން މީރާއަށް ހައިރާންކަމާއި ފުން އަސަރުތަކެއް ގެނުވި ކަމަށްވެސް އޭނާ ބުންޏެވެ.

މީރާގެ ޓްވީޓް ނިންމާލީ ބޮޑު ވާހަކައަކުންނެވެ.

މިރާ ބުނީ، ބައްޕަގެ ދުވަސްދުއްވާލި ބަޔަކަށް އެންމެ ފަހުން އާހިރުގައިވީ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ނުވަތަ އެހެން ސިޔާސީ ވާދަވެރިންނެއް ނޫން ކަމަށާއި ބައްޕަގެ އަމިއްލަ އާއިލާކަމަށް ދެކުނު މީހުން ކަމަށެވެ.

ކުރިކޮށް ބުނި ނަމަވެސް، އޭނާ ބުނީ ބޮޑު ވާހަކައެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!