ޕީޕީއެމް ތެރެއިން ގާސިމަށް ތާއީދު ހޯދަން އުޅޭތީ ރައީސް ޔާމީން ޖަލް ނޯޓަކުން އަދުރޭއަށް ބަވާލައިފި
ދެންމެ | 12 މާރޗް 2023

ޕީޕީއެމްގެ ތެރެއިން ޖުމްހޫރީ ޕާޓީ ލީޑަރ ގާސިމް އިބްރާހިމަށް ތާއީދު ހޯދަށް މަސައްކަތް ކުރާތީ ރައީސް ޔާމީން ޖަލް ނޯޓަކުން އަދުރޭއަށް ބަވާލައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅަކު ދެންމެއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަކީލުންގެ ޓީމުން ރައީސް ޔާމީނާއި ބައްދަލު ކުރަން ޖަލަށް ވަޑައިގެންނެވި އިރު، އަދުރޭގެ ޖަލް ނޯޓެއް ރައީސް ޔާމީނަށް ރައްދުކޮށްދެއްވި ކަމަށާއި ރައީސް ޔާމީން އަދުރޭއަށް ޖަވާބު ވެސް ފޮނުއްވި ކަމަށެވެ.

“ އަދުރޭ ފޮނުވި ނޯޓުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބު ކުޑަތަން ވަމުން އަންނަ އިރު، ރައީސް ޔާމީން ޖަލްގައި ހައްޔަރުވެފައިވާއިރު، އިދިކޮޅު މައި ޕާޓީގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބަށް އެހެން ކެޑިޑޭޓެއް ޕާޓީން ނެރުމަށް ނުވަތަ ޕީޕީއެމް އިސްވެ އޮވެ، ކޯލިޝަން މަސްވަރާތަށް އެހެން ޕާޓީތަކާއި އެކު ފެށުމަށް.“ ރައީސް ޔާމީންގެ ގާނޫނީ ޓީމްގެ މެމްބަރަކު ވިދާޅުވި އެވެ.

އޭނާ ބުނީ އަދުރޭ ފޮނުވި އެނޯޓާއި އެކު ރައީސް ޔާމީން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފައިވާ ކަމަށާއި ރައީސް ޔާމީން ފަރާތުން އަދުރޭއަށް ފޮނުވި ޖަލް ނޯޓުގައި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މަކަރުވެރި ގޮތަކަށް މިނިކާ ބާޒުތަކަށް ޕާޓީގެ ތާއީދު ހޯއްދައި ދެއްވުމަށް އަދުރޭ ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގާފައިވެ އެވެ.

“ ރައީސް ޔާމީން ވިދާޅުވެފައި ވަނީ މާތްﷲ ގެ ރަހްމަތާއި އެކު އެމަނިކުފާން ހައިކޯޓުން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށާއި އެހެން ފަރާތްތަކަށް ތާއީދު ހޯދުމަށްވުރެ، އެމަނިކުފާނު ޖަލުން މިނިވަން ކުރެވޭ ތޯ މަސައްކަތް ކުރުން މާ މުހިއްމުކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވޭ.“ އޭނާ އިތުރަށް ކިޔައިދިނެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި އަދުރޭ ހިމެނޭ ގޮތަށް ޕީޕީއެމް ލީޑަރސިޕްގެ ބައެއް ބޭފުޅުން ކޯޓުތަކަށާއި ޖޭއެސްސީއަށް ގޮސްފައި ވަނީ ރައީސް ޔާމީންގެ މި ޖަލް ނޯޓުގެ ސަބަބުން އަދުރޭ މަތި އަޅަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ހިސާބު އިލްމަށް އިންތިހާއަށް މޮޅު އަދުރޭ މީގެ ކުރިން ވެސް ސަރުކާރާއި ގާސިމް އަތުން ފައިސާ ބޮޑެތި އަދަދުތައް ނަންގަވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!