ސްޓޭޑިއަމްގައި ބަގުރާ ނުބުޔަސް މަރެއް ނުވާނެ: ފީފާ ރައީސް
ދެންމެ | 19 ނޮވެމްބަރ 2022

ވޯލްޑް ކަޕް ސްޓޭޑިއަމް ސަރަހައްދުގައި ބަނގުރާ ވިއްކުން މަނާކުރުމަށް ގަތަރުން ނިންމި ނިންމުމަށް ފީފާގެ ރައީސް ތާއީދު ކުރައްވައިފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގަތަރު ވޯލްޑް ކަޕް ސްޓޭޑިއަމްގައި ރާ މަނާކުރުމަށް ތާއީދު ކުރައްވައި ވިދާޅުވީ ދުވާލަކު ތިން ގަޑިއިރު ބިޔަރު ނުބޮއެ ވެސް ސަލާމަތްވާނެ ކަމަށެވެ.

ވޯލްޑް ކަޕް މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން ފީފާގެ ސްޓޭޑިއަމްތަކުގައި ބިޔަރު ވިއްކުން މަނާކުރުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވޯލްޑް ކަޕް ހޯސްޓް ގަތަރަށް ޔޫރަޕްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ފާޑު ކިޔުންތަކުގެ ރައްދުގައެވެ.ގަތަރުން ބުނެފައިވަނީ، 28 ދުވަހަށް އެ ޤައުމުގެ ޘަޤާފަތާއި އާދަކާދައާއި ދީން ދޫކޮށްނުލެވޭނެ ކަމަށެވެ.

އިއްޔެ ގަތަރުގެ ޝާހީ އާއިލާއިން ވަނީ ފީފާއިން ބަޑްވައިޒަރާއެކު 63 މިލިއަން ޕައުންޑުގެ ސްޕޮންސާޝިޕް އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް މުބާރާތުގެ ސްޓޭޑިއަމްތަކުގެ ތެރޭގައި ރާ ނުވިއްކުމަށް ގޮވާލާފައެވެ. އަދި އޭގެ ފަހުން ގަތަރުން ވަނީ ފީފާއެކު އެފަދަ އެއްބަސްވުމެއް ހަދާފައެވެ.

ޤަތަރުގައި އާންމުގޮތެއްގައި ރާ ވިއްކުން މަނަލެވެ. ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބައެއް ހޮޓާތަކާއި ރެސްޓޯރެންޓްތަކަށް ޓޫރިސްޓުންނަށް ވިއްކައެވެ.

ސްޓޭޑިއަމް ސަރަހައްދުގައި ރާ މަނާކޮށްފައި އޮތް ނަމަވެސް، ފޭން ޒޯން ތަކުން ބަނގުރާ ލިބޭއެވެ. ނަމަވެސް މަސްތުވުމުން ދުރުކުރުމަށް ކޮންމެ މީހަކަށް ވިއްކާ ވަރު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި އަގު ވެސް ވަނީ އުފުލާފައެވެ.

އިންފަންޓީނޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިތުރަށް ވިދާޅުވީ، ގަތަރުން ވޯލްޑް ކަޕް ބާއްވަމުން އަންނަނީ ފޯރީގައި ކަމަށާއި މިފަހަރުގެ ވޯލްޑްކަޕް ވެގެންދާނީ ހަނދާނުން ފޮހެލަން ދަތި މުބާރާތަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!