ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނާއި އިލްޔާސް އިބްރާހިމް، ގާސިމަށް ތާއީދު ކުރަން ނިންމައިފި
ދެންމެ | 14 މާރޗް 2023

އަންނަ ރިޔާސީ އިންތިހާބުގައި އެމްއާރުއެމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމަށް ތާއީދު ކުރަން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން ގާސިމަށް ތާއީދު ކުރުމަށް ނިންމާފައި ވަނީ ކުރީގެ މިނިސްޓަރ އިލްޔާސް އިބުރާހިމާއި މެލޭސިޔާގައި ބައްދަލުކޮށް މަސްވަރާކުރެއްވުމަށް ފަހުގަ އެވެ.

ރައީސް މައުމޫން ގާސިމަށް ތާއީދު ކުރުމަށް ނިންމަވާފައިވާ އިރު މިދިޔަ ހަފްތާގައި ފާރިސް މައުމޫން ވަނީ ގާސިމާއި ބައްދަލު ކުރައްވާ ކޯލިސަން މަސްވަރާތައް ކުރިއަށް ގެންދަވާފަ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި މިހާރު ވެސް ރައީސް މައުމޫންގެ އެމްއާރުއެމް ތަމްސީލް ކުރައްވަމުން ގެންދަވަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!