އަދުން ހުސެއިން ގުރޫޕް ކާފަރު ކުޅުނު މައްސަލަ އެމްޑީޕީ އަކުން ނުބަލާނަން: އަސްލަމް
ދެންމެ | 30 ޖޫން 2022

ހެންވޭރު ދެކުުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަރަހަނާކޮށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލުމާ ގުޅޭ އެއްވެސް މައްސަލައެއް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނުބަލާ ކަަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ އަނދުން ހުސައިންގެ އެކަހަލަ އެއްވެސް މައްސަލައެއް އެމްޑީޕީ ޕީޖީ އަކުން ނުބަލާ ކަމަށާއި އެކަހަލަ އެއްވެސް މައްސަލައެއް ޕީޖީއަށް ހުށަހަޅާފައެއް ވެސް ނެތްކަމަށެވެ.

”މެންބަރު ހުސައިންގެ އެއްވެސް އެކަހަލަ މައްސަލައެއް ނެތް ޕީޖީ އަކަށް ލިބިފައެއް. އެހެންވީމަ ޕީޖީއަށް ބަލަން ހުށަނާޅާ މައްސަލައެއް އަޅުގަނޑުމެންނެއް ނުބަލާނެ ދެއްތޯ،“ އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ކަހަލަ މައްސަލައަކަށް ވިނަމަވެސް އެކަމެއް ބެލޭނީ ޕީޖީއަށް އެ މައްސަލައެއް ހުށަހެޅުމުން ކަމަށެވެ.

އަނދުން ހުސައިން ކަމަށް ތުހުމަތުކުރެވޭ މީހަކު ބަރަހަނާކޮށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭގައެވެ. އެކަމާ ގުޅިގެން އޭނާގެ އެއްވެސް ބަހެއް ލިބިފައިނުވާއިރު، ފުލުހުން ވަނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު، ކަމަށް ތުހުމަތު ކުރެވޭ މީހަކު ބިދޭސީ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ފޮޓޯއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!