ސައީދު 3 މިލިޔަނަށް ކާރެއް ގަނެފައި ވަނިކޮށް، ލ. ފޮނަދޫ ބޮޑު ބަޔަކުން ކަރަންޓް ކެޑި، ފެނަކައަށް ގުޅާ ރައްޔިތުންނަށް ފެނަކައިން ބަވަނީ
ދެންމެ | 24 މާރޗް 2023

ލ. ފޮނަދޫ ބޮޑު ބަޔަކުން ކަރަންޓް ކެނޑި, ހިދުމަތާއި ގުޅޭ ގޮތުން ފޮނަދޫ ފެނަކަ ބުރާންޗަށް ގުޅާ ރައްޔިތުންނަށް އެ ބްރާންޗުން ބަވަމުންދާ ކަން ހާމަ ވެއްޖެ އެވެ.

ފޮނަދޫ ބޮޑު ބަޔަކުން ކަރަންޓް ކެނޑުމާއި ގުޅިގެން ފެނަކަ ބްރާންޗަށް ގުޅި ކަސްޓަމަރެއް ބުނީ އޭނާ ފޮނަދޫ ފެނަކަ ބުރާންޗަށް ގުޅުން އެތަނުން ފޯނު ނެނގި މުވައްޒަފު އޭނާއަށް ބަވާލާފައި ވަނީ ކަރަންޓް ދެވޭނެ އިރެއް ނޭނގޭ ކަމަށް ބުނެ ކަމަށެވެ.

“ އަޅުގަނޑު ގުޅީ ކަރަންޓް ކެނޑުމުން ކަރަންޓް ލިބޭނެ އިރެއް ސާފުކޮށްލަން ހެސް ކިޔާފަ ބަވާލައިފައި. ކަރަންޓް މަތީ އަތް އަޅައިގެން އޮންނާށޭ ކިޔާފަ ފޯނު ކަނޑައިލައިފި.“ އޭނާ ކިޔައިދިނެވެ.

ރޯދަ މަހުގެ 2 ވަނަ ދުވަހު ރަށުގެ ބޮޑު ބަޔަކުން ކަރަންޓްގެ ހިދުމަތް ކެނޑިގެން ރައްޔިތުން ސަކުވާ ކުރަމުންދާއިރު އެރަށަކީ ދޭތެރެ ދޭތެރެއިން ފެނާއި ކަރަންޓްގެ ހިދުމަތް ކެނޑެމުންދާ ރަށެކެވެ.

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް އިންތިހާއަށް ގޯސްވެފައިވާއިރު ވެސް ފެނަކަ އެމްޑީ ސައީދު ދާދިފަހުން ވެސް ވަނީ 2.8 މިލިޔަން ރުފިޔާއަށް އޭނާ ދުއްވަން ކާރެއް ގަނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!