ސިޔާސީ މަގާމްތަކުގައި ތިއްބެވީ ފެންވަރު ރަގަޅު ތައުލީމީ ބޭފުޅުން: ޔުމްނާ
ދެންމެ | 16 އޭޕްރިލް 2023

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ދަށުން މަސައްކަތް ކުރައްވާ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކަކީ އެ މަޤާމުތަކަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއް ކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ އެ މިނިސްޓްރީގެ ދަށުން 31 ސިޔާސީ މުވައްޒަފުން ތިބި ކަމަށް ”ދިޔަރެސް“ ނޫހުގައި ލިޔެފައިވާ ޙަބަރާއި ގުޅިގެންނެވެ. އެމިނިސްޓްރީން ވަނީ އެ ޙަބަރުގައި ހެޑްލައިން ނަގާފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.

މިދާއިރާގައި މިނިސްޓްރީގެ އިތުރަށް 6 އިދާރާއެއް ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީ، ޤައުމީ އަރުޝީފް، އެންސީއޭ، ސަޤާފީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ޤައުމީ މަރުކަޒު، ޤައުމީ ކުތުބުޙާނާ، ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ހިމެނޭ ކަމަށް މައުލޫމާތު ދިނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!