ހުކުރު ދުވަހުގެ މުސްލިމަކަށްވެ، ފަޒުނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެ
ދެންމެ | 21 އޭޕްރިލް 2023

ރައީސް ސާލިހުގެ އަންހެނުން ފަޒްނާ އަހުމަދު މިއަދު އީދު ނަމާދަށް ބުރުގާ އަޅައިގެން މަގުމަތީ ހޫރޭ ފޮޓޯތައް އާާޢްމުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

ފަޒުނާ ވަނީ ބުރުގާއެކު މަގުމަތީގައި އުޅުއްވާ ފޮޓޯތައް މީސްމީޑިއާއަށް ދޫކޮށްލާފައެވެ. މި ފަހަކަށް އައިސް މަސްހޫރުކަން ހޯދުމަށް މިފަދަ ގިނަ ސްޓަންޓްތަކެއް ފަޒުނާ ކުޅެ އެވެ.

“ މިޒާތަށް ބުރުގާ އަޅައިގެން އުޅުމަކީ ލަދުވެތި އަމަލެއް. ފަޒުނާ އަކީ 100 ޕަސެންޓް މުސްލިމް މިގައުމުގެ ވެރިމީހާގެ އަންހެނުން. ކޮންމެ ވެސް ގޮތެއް ފޮތެއް ހުންނަން ވާނެ،“ ފަޒްނާގެ ފޮޓޯތަކަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.

ފަޒްނާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ އީދު ނަމާދަށް ވަޑައިގެންފައެވެ.

ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިތުރު އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާކަމަށާއި މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް ވެސް އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާކަމަށް އީދުގެ ހިތާބުގައި ރައީސް ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!