ދަ ޑިމޮކްރެޓްސް ޕާޓީގެ ވެބްސައިޓު މިއަދު ލޯންޗުކޮށްފި
ދެންމެ | 12 އޯގަސްޓް 2023

ދަ ޑިމޮކްރެޓްސް ޕާޓީގެ ވެބްސައިޓު މިއަދު ލޯންޗުކޮށްފިއެވެ.

އެ ޕާޓީން މިއަދު އެކަން ހާމަކޮށްފައިވާއިރު އެ ސައިޓް މެދުވެރިކޮށް ޑިމޮކްރެޓްސް ޕާޓީގެ ހަރަކާތްތަކާއި އެންމެ ފަހުގެ މައުލޫމާތާއި ޚަބަރުތައް ސަޕޯޓަރުންނަށް ލިބިގެންދާނެއެވެ.

ޑިމޮކްރެޓްސްގެ ވެބްސައިޓް އިންނަނީ ދިވެހި ބަހާއި އިނގިރޭސި ބަހުންނެވެ.

ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ. އެޕާޓީން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު، އެ ޕާޓީގެ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ. އޭނަގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!