މޯލްޑިވިޔަންގެ ފްލައިން ސްކޫލު ހިންގުމުގެ ހުއްދަ ދީފި
ދެންމެ | 11 ޖުލައި 2022

ފްލައިޓް ޓްރޭނިން ސްކޫލްގެ ނަމުގައި ހިންގާ އެ ފްލައިން ސްކޫލް ހިންގުމުގެ ހުއްދަ ދީފައި ވަނީ އެކަމާ ގުޅޭގޮތުން ހަދަންޖެހޭ އިންސްޕެކްޝަންތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

އައިލެންޑްއޭޝިއޭޝަނުން ބުނީ އަންނަ އާދީއްތަ ދުވަހު ދަރިވަރުންގެ ފްލައިން ފެށޭނެ ކަމަށެވެ. އެގޮތުން ޕައިލެޓް ޓްރެއިނިން ހަދަމުންދިޔަ ދަރިވަރުންގެ ތެރެއިން ފުރަތަމަ ބެޗް ހިމެނޭ ރިފްރެޝާ ޕްރޮގްރާމް ނިންމާފައިވާ 35 ދަރިވރުންގެ ފްލައިން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދެވަނަ ބެޗްގެ 39 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ފެށިގެން މިހާރު ކުރިއަށް އެބަދެ އެވެ. ފުރަތަމަ ބެޗްގެ ދަރިވަރުންގެ ފްލައިން ނިމެމުންދާ ވަރަކުން ދެވަނަ ބެޗްގެ ދަރިވަރުންގެ ފްލައިން ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައިލެންޑްއޭވިއޭޝަނުން ބުނިގޮތުގައި އުންމީދު ކުރެވޭގޮތުގައި މި އަހަރު ނިމުމުގެ ކުރިން ފުރަތަމަ ބެޗާއި ދެވަނަ ބެޗްގެ ދަރިވަރުންގް ފްލައިން ފުރިހަމަ ކުރެވޭނެ އެވެ. އަދި ތިން ވަނަ ބެޗްގެ ރިފްރެޝާ މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ޗެކްރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ގުޅިގެން ގާއިމް ކުރެވޭ ސްކޫލެއް ކަމުގައިވާތީ އެ އެކެޑަމީ ހިންގާނީ މޯލްޑިވްސް ސިލްއޭވިއޭޝަންގެ ގަވާއިދުތަކުގެ އިތުރުން ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީގެ ސްޓޭންޑަޑްތަކާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!