އިބޫގެ ރަނިންމޭޓް ކަމަށް ބަގުރޫޓް ބުރަދާސްގެ ފައްޔާޒާއި ހަސަން ބަޑޭ، އަނެއްކޮޅުން އިންޑިޔާ އާއި ސާހިދު.
ދެންމެ | 22 އޭޕްރިލް 2023

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފޯރިގަދަ ވެފައިވާއިރު، ރައީސް ސޯލިހްގެ ރަނިންގ މޭޓް ކަމުގެ ވާދަވެރިކަން އެތެރެ ކޮވެލީގައި ވަނީ އިންތިހާއަށް މައްޗައް ގޮސްފަ އެވެ.

ރައީސް ސޯލިހްގެ ކެހިވެރި ސަރުކާރުގެ އެންމެ ގުބާރުގަދަ މީހާގެ ގޮތުގައި ނަން ކިޔާ މަސްހޫރު ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާއިލާއި އޭނާގެ ބޭބެ ހަސަން ބަޑޭ މަސައްކަތް ކުރަމުންދަނީ މިހާރުގެ ފޮރިންގ މިނިސްޓަރ އޮނަރަބަލް އަބުދުﷲ ޝާހިދަށް ރައީސް ސޯލިހްގެ ރަނިންގ މޭޓްކަން ލިބުނަ ނުދިނުމަށެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުން އެތައް މިލިޔަނެއް ބަނޑުއަޅާލާފައިވާ ބަގުރޫޓް ބުރަދާސް މިފަދަ ގޮތަކަށް އޮނަރަބަލް ސާހިދާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދަވަނީ 2023 ރައީސް ސޯލިހްގެ ވެރިކަމަށް ފަހު ބަގްރޫޓް ބުރާސްގެ އިސް ބުރަދާ ބަގުރޫޓް ފައްޔާޒު 2028 ގައި ދިވެހި ވެރިކަމުގެ ހުވަފެން ދެކޭތީ އެވެ.

އިތުބާރު ހުރި ބޭފުޅަކު ނަން ހާމަ ނުކުރުމަށް ސަރުތުކޮށް ވިދާޅުވީ އޮނަރަބަލް ސާހިދަށް ރައީސް ސޯލިހްގެ ރަނިންގ މޭޓްކަން ދެއްވައިފިނަމަ ބަގުރޫޓް ބުރަދާސް ސީދާ ފާޅުގައި ރައީސް ސޯލިހާއި ދެކޮޅަށް ނިކުންނާނެ ކަން ރައީސް ސޯލިހަށް ފައްޔާޒު ދަންނަވާފައިވާ ކަމަށެވެ.

އޭނާ ބުނީ ބަގުރޫޓް ބުރަދާސްގެ ދެބެން ކަމުގައިވާ ފައްޔާޒާއި ހަސަން ބަޑޭ އޮނަރަބަލް ސާހިދާއި ދެކޮޅަށް ހުންނެވި ނަމަވެސް ސަރުކާރުގައި ހިމެނޭ ބަގުރޫޓް ބުރަދާސްގެ ހުސެން އިސްމާލް ބުރަދާ ތާއީދު ކުރަނީ ސާހިދަށް ކަމަށް ވެއެވެ.

“ ހަސަން ބަޑޭ ބުނަނީ ތިމަންނަ އޭ ހުރިހާ ޒުވާން ގްރޫޕްތަކާއި މީޑިޔާގެ ކޮންޓްރޯލް މިކުރަނީ. އަނެއްކާ ފައްޔާޒު އޭ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ ބޭފުޅުން ކޮންޓްރޯލް ކުރަނީ. ތިމަންނަމެން ބުނާ ގޮތެއް އިބޫ ޖެހޭނީ ހަދާށޭ.“ އޭނާ ކިޔައިދިނެވެ.

އޭނާ ވިދާޅުވީ ފައްޔާޒު ބޭނުން ވަނީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ފަދަ ސިޔާސީ ބަރުދަނެއް ނެތް، ސޮހޮލެއް ރައީސް ސޯލިހް ރަނިންގ މޭޓްކަމަށް ލާން ކަމަށާއި ނޫނީ ސީދާ އޭނާ ރައީސް ސޯލިހްގެ ރަނިންގ މޭޓްކަމަށް ވާން ކަމަށެވެ.

ސާހިދަށް ރަނިންގ މޭޓްކަން ނުދިނުމަށް ފައްޔާޒު އިންތިހާއަށް އިބޫއަށް ޕްރެސަރު ކުރަމުން އަންނަ އިރު، އިބޫގެ އެންމެ ބޮޑު މަދަދުގާރު އިންޑިޔާއިން ބޭނުން ވަނީ އެގައުމާއި ގާތް ގުޅުމެއް ބާއްވާ އޮނަރަބަލް އަބުދުﷲ ސާހިދަށް ނައިބް ރައީސްކަން ދޭށެވެ.

މިސަރުކާރުން ކިރިޔާވެސް ތަރައްގީގެ މަސްރޫއެއް ހިންގާފައި ވަނީ އިންޑިޔާގެ ލޯނުން ކަމަށް ވާއިރު، އިންޑިޔާ ނުރުހުންވާނެ ގޮތަަކަށް އަމަލްކުރަން ރައީސް ސޯލިހަށް ވަނީ ނުކުޅެދިފަ އެވެ. އަނެއްކޮޅުން މިސަރުކާރުގެ ގުބާރުގެ ވެރިޔާ ބަގުރޫޓް ފައްޔާޒު ރުއްސުމަށް ރައީސް ސޯލިހް އިންތިހާއަށް ބޭނުންވާ ކަމަށް ވެއެވެ.

އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް އެތެރެ ކޮވެލީގެ ތަޅާފޮޅުން ގަނޑު އިންތިހާއަށް ދަނީ އިތުރުވަމުންނެވެ. އޮނަރަބަލް ސާހިދު ފުޑާލުމަށް މަސައްކަތް ކުރަނީ ބަގުރޫޓް ބުރަދާސް ދެބެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!