ބަގުރޫޓު ފައްޔާޒުގެ ވަޒީރުކަމުގައި ދިވެހި ވިޔަފާރިތައް ބަގުރޫޓު ކޮށްލަނީ
ދެންމެ | 27 އޭޕްރިލް 2023

ބަގުރޫޓު ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލްގެ ވާހަކަ އަކީ މި ގައުމަށް އާ ވާހަކައެއް ނޫނެވެ. ބޯގަންްވިލާ ބަގުރޫޓު ފައްޔާޒު ކުރަން އުޅުނު ހުރިހާ ވިޔަފާރިއެއް ވަގުރޫޓުވި ވާހަކަ އެވެ. ލޯ ފާރމެއް ހެއްދެވި ވާހަކަ އެވެ. އެތައް ބަގުރޫޓުވި ވާހަކަ އެވެ. ބިގު ކިޔާ ޕީއާރު ފާރމެއް ހެއްދެވި ވާހަކަ އެވެ. އެތަން ވެސް ބަގުރޫޓުވި ވާހަކަ އެވެ. އެހެން ގޮސް އެތައް ބައިވަރު ވިޔަފާރިއެއް ކުރަން އުޅެ ބަގުރޫޓުވި ވާހަކަ އެވެ.

ތެދެކެވެ. ފައްޔާޒުގެ ވިޔަފާރީގެ ސިޔާސަތަކީ ބަގުރޫޓުވުމުގެ ސިޔާސަތުތަކެވެ. ދައްކަން މިއުޅެނީ މިއަދު ދިވެހި ގައުމުގެ އިގްތިސާދީ ވަޒީރު އުރަތްޕެއް ނެތް ކަމުގެ ވާހަކަ އެވެ. އާރުލާ ސިޔާސަތެއް ނެތް ވާހަކަ އެވެ. ދިވެހި ވިޔަފާރިތަކަށް މިއަދު އުފުލަން ޖެހިފައިވާ ބަގުރޫޓުވުމުގެ ސިޔާސަތުތަކުގެ ވާހަކަ އެވެ.

ދިވެހި ވިޔަފާރިވެރިން ގައުމުގެ އިގްތިސާދެއް ކޮޅަށް ޖެހީ އުންމީދުތަކަކާއި އެކުގަ އެވެ. ފަހަރެއްގައި ވެސް ވިޔަފާރީގައި ފެއިލްވެ ބަގުރޫޓުވެފައިވާ ފައްޔާޒުގެ ސިޔާސަތުގެ ސަބަބުން އަމިއްލައަށް ކޮޅަށް ޖެހި ވިޔަފާރިތައް ބަގުރޫޓުކޮށްލާކަށް ނޫނެވެ. އެހެންނަމަވެސް ވިޔަފާރީގައި ތަނެއް ދޮރޮއް ނޭނގޭ އުޑެއް ބުޑެއް ވަކިނުވާ ބަގުރޫޓު ފައްޔާޒު ސިޔާސަތުތަކުގެ ސަބަބުން ވިޔަފާރިވެރިން ވަނީ ގޮތް ހުސްވެފަ އެވެ. ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތުތައް ބިނާ ކޮށްފައި ވަނީ ވިޔަފާރިވެރިންނަށް ދުއްޕާނާއި ބަލާ ޖެއްސޭނެ ގޮތަށެވެ. ވާނީ ވެސް އެހެންތާ އެވެ. އިގްތިސާދީ ވަޒީރަކީ ބަގުރޫޓުވެފައިވާ ވިޔަފާރިވެރި އެކެވެ.

މާލޭ އާއި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުނީ މިހާރު ހުރިހާ ވިޔަފާރިތަކަށް ސަރުކާރުން ވަދެފައިވާ ކަމަށާއި ބާކީ ހުރި ވިޔަފާރިތަކަށް ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން އަތް ގަދަ ކޮށްފައިވާ ކަމަށެވެ.

“ މިހާރު ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީ ވިޔަފާރިވެރިން ހުރިހާ ވިޔަފާރިތަކަށް އަތް ގަދަކޮށްފި، އަހަރުމެން ޖެހޭ ހުރިހާ ޓެކްސްއެއް ދައްކަން އަނެއް ކޮޅުން ސަރުކާރުން ހަދާ ހުރިހާ ގަވައިދުތަކަށް ބޯލަބަން އެކަމު ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީ ވިޔަފާރިކުރާ މީހާ ކުރަން ޖެހޭ އެއްކަމެއް ވެސް ނޯވޭ. ދައްކަން ޖެހޭ ޓެކްސްއެއް ނޯވޭ.“ އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ބިދޭސީ މީހާ ރާއްޖެ އެތެރެވާނީ ކޮންމެ ވެސް މީހެއްގެ ނަންދަށުގައި ކަމަށާއި އޭނާއަށް ފިލައިގެންދާ ހިސާބުން އެ ބިދޭސީ މީހާއަށް އެޅޭނެ ފިޔަވަޅެއް ދިވެހި ގައުމުގައި ނެތް ކަމަށެވެ.

“ އެބިދޭސީ މީހާ އުޅޭނެ ގޮތަކަށް އުޅެންވީ، ކުރާނެ ވިޔަފާރިއެއް ކުރަންވީ، ހަގީގަތުގައި ދިވެހި ގައުމުގައި ދިވެހިން ބާކީ ކޮށްލައިފި. ހުރިހާ ކަމެއް އޮންނަނީ އިކޮނޮމިކް މިނިސްޓްރީއަށް އެކަމު އެތަނުން ވާ އެއް ކަމެއް ވެސް ނޯވޭ.“ އޭނާ ކިޔައިދިނެވެ.

ހަގީގަތުގައި ދިވެހި ވިޔަފާރިތައް ހިމާޔަތްކޮށް، ދިވެހި ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލުކުރަން އުފެދިފައިވާ ވުޒާރާއަކީ އިކޮނޮމިކް މިނިސްޓްރީ އެވެ. އެހެންނަމަވެސް މިއަދު ވުޒާރާ ވަނީ ބަގުރޫޓު ވިޔަފާރިވެރިއެއްގެ ދަށުގައި ތާށިވެފަ އެވެ.

ދިވެހި ވިޔަފާރިތަކަށް ބަގުރޫޓު ފައްޔާޒު  މުސީބާތް ޖެހިފައި ވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ސަބަބަކީ އޭނާއަށް ކާމިޔާބު ވިޔަފާރިވެރިއަކަށް ނުވެވި ބަގުރޫޓުވުމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!