އެލްޖީއޭގެ ސީއީއޯ އަފްސަން މަގާމުން އިސްތިއުފާ ދެއްވައިފި
ދެންމެ | 15 މެއި 2023

އެލްޖީއޭގެ ސީއީއޯ އަފްސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްސަން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދު އެވެ.

އަފްސަން އަކީ ރައީސް ނަސީދު ވެރިކަން ބަގާވާތަކުން ވައްޓާލައި އެމްޑީޕީ އިދިކޮޅުގައި އޮތް އިރުން ފެށިގެން މި ވެރިކަމާއި ހަމައަށް އެމްޑީޕީގެ ޑެޕިއުޓީ ސެކްޓަރީ ޖެނެރަލް އެވެ.

ކަރަޕްސަނާއި ވައްކަމާއި ދެކޮޅަށް އިންތިހާއަށް ވަކާލާތު ކުރައްވާ އަފްސަން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ ތެރޭގައި ކަރަޕްސަނާއި ފަސާދަ އާއްމްވެ ވައްކަން ކުރުން ހައްދުން ނައްޓާފައި ދަޑިވަޅެއްގަ އެވެ.

އަފްސަން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް އަފްސަނަކީ ދެކަފި ވެފައިވާ އެމްޑީޕީ ރައީސް ނަސީދަށް ތާއީދު ކުރައްވާ ކަބަލެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!