ނަސީބަކުން އަދަގޮނޑި ޖެހުމެއް ނެތި، އެމްޑީޕީން އާޒިމް ވަކިކޮށްފި
ދެންމެ | 16 މެއި 2023

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ”ފިކުރެއްގެ ދިރުން“ ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކޮށްފިއެވެ.

”ފިކުރެއްގެ ދިރުން“ ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން އެދުމުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

މިއަދު މެންދުރު ފަހު އެ ބައްްދަލުވުން ކުރިއަށްގެންދިޔައިރު، އެ ބައްދަލުވުމުގައި ވަނީ އާޒިމް މެންބަރުކަމުން ވަކި ވެފައިވާ ކަމަށް ނިންމަވާފައެވެ. އެހެން ނަމަވެސް އެ ނިންމުން އަދި ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.

އާޒިމް ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދި ފަހުން އާޒިމް ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އުފައްދާފައިވާ ”އިދިކޮޅު އިއްތިހާދު“ގެ ބައްދަލުވުމެއްގައިވެސް ބައިވެރިވަޑައިގަންނަވާފައެވެ. އަދި އޭގެ ފަހުން އެކަމާއި ގުޅޭގޮތުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެވެ.

އާޒިމް އެމްޑީޕީން ވަކިވެފައިވާކަން ނިންމީ އެ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

ފިކުރެއްގެ ދިރުމުގެ މެމްބަރުންތަކެއް ވިޕްލައިނާއި ހިލާފްވަމުންދާތީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ. އެ ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ، ސަރުކާރަށް ފާޑު ވިދާޅުވިޔަސް ފިޔަވަޅު އަޅަން އެމްޑީޕީއަށް ނުކުރޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!