ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސް ނަސީދު މަރާލަން ގޮއްވާލީ ރައީސް ސޯލިހް: މެމްބަރ ބޮންޑޭ
ދެންމެ | 24 މެއި 2023

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފި އެވެ.

މީގެ ކުރިން ވެސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން މެއި 6، 2021 ގައި އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާ އާ ސަރުކާރު ގުޅުވައި ތަފާތު ތުހުމަތުތައް ކުރައްވަ އެވެ. ނަމަވެސް މިއީ ސީދާ ރައީސްގެ އިސްތަށިފުޅުގައި އެ ތުހުމަތު އެޅުއްވި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމާ ބެހޭ ގަރާރަކަށް ބަހުސް ކުރައްވަމުން ބޮންޑޭ މިއަދު ވިދާާޅުވީ ނަޝީދު އަވަހާރަ ކޮށްލަން އުޅުއްވީ ރައީސް ކަން މިހާރު އޭނާ އަށް ސާފުވެފައިވާ ކަމަށެވެ.

”ރައީސް ނަޝީދު މަރާލަން ބޮން ގޮއްވާލި ސަރުކާރެއް. އޭގެ އަޑީގައި ހުރީ ރައިސުލްޖުމްހޫރިއްޔާ ކަމަށް މިއަދު އަޅުގަނޑަށް ސާފުވެއްޖެ،“ ބޮންޑޭ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމާ އެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ ރައީސްގެ އިސްތަށިފުޅުގައި މަރުގެ ތުހުމަތު އަޅުވާއިރު ވެސް އެ ވާހަކަ ރިޔާސަތުން ވާހަކަ ނުހުއްޓުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!