އެމްޑީޕީ ވަކިވެ ފެން ކުންފުނީގެ ޗެއަރމަން މައުސޫމް ޑިމޮކްރެޓިކްސް ޕާޓީ އާއި ގުޅިވަޑައިގެންފި އެވެ.
ސޯސިއަލް މީޑިޔާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާޓީގެ ފަރާތުން ފޯމާއި ހަވާލުވެ ވަޑައިގެންފައި ވަނީ ހަސަން ލަތީފެވެ.
އެމްޑީޕީގެ މައި ތަބެއްގެ ގޮތުގައި ބެލެވޭ މަސްހޫރު ވިޔަފާރިވެރިޔާ މައުސޫމް އެޕާޓީ ދޫކުރައްވާފައި މި ވަނީ ޕާޓީ އަސްލު އުސޫލްތައް މުގުރާލައިފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ މެމްބަރުން ވަކި އާޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ގުޅުންހުރި ލިޔުންތައް