ތަސްމީން ވެލިކާން ދޭން، ރޮޒައިނާއަށް އެމްޑީޕީ ދީފައި މެމްބަރުން ދުރަށް ދަނީ
ދެންމެ | 31 މެއި 2023

ރައްޔިތުން މަޖިލީހު މެމްބަރު ރޮޒައިނާގެ ބޮޑު ޅިޔަނު ތަސްމީން އަލީ އެމްޑީޕީއަށް ވެލިކާން ދޭން ބުނި ބުނުމަކީ އާދައިގެ ބަހެއް ނޫނެވެ.

ޒަމާނުން ފެށިގެން ވެރިކަމުގެ ހުވަފެންދެކޭ ތަސްމީނަކީ ސިޔާސީ ފޭލިޔަރެއް ނަމަވެސް އޭނާ އަކީ ވެލިކާން ދިނުމުގެ މުދައްބިރެކެވެ.

އެމްޑީޕީއަށް ރޮޒައިނާގެ ޓީމް ވަދެގަތީ ރައީސް މައުމޫނާއި ޑރ. ވަހީދު ގިއްގަޅުވާލައި ސިޔާސީ ގޮތުން އޮރިޔާން ކޮށްލާފަ އެވެ. އެއީ ރޮޒައިނާގެ ސިޔާސީ ކާމިޔާބީގެ ތާރީހެވެ.

އެމްޑީޕީގެ ރަންރީދޫ ލަސްކަރުގެ ބަދަހިކަމާއި ހުސިޔާރު ކަމަށް ވުރެ ރޮޒައިނާގެ ކަތުރުފަނި ކަމާއި ނޭއްގާނީކަން އެތައް ގުނައެއް ބޮޑުކަން މިއަދު ސިޔާސީ މަސްރަހަށް ވަނީ އަންގާލާފަ އެވެ.

ތެދެކެވެ. އަނގަ ފިދެއް ފަދަ ރޮޒައިނާ އެމްޑީޕީގެ ބަދަހި ލަސްކަރު ބައިބައި ކޮށްލައިފި އެވެ. މައުމޫނާއި ވަހީދަށް ހެދި ގޮތަށް ސޯލިހް ވެސް ސޮހޮލޭ އަކަށް ހަދާލައިފި އެވެ.

އެމްޑީޕީގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދާ ޕާޓީ ފަޅި ކޮށްލައިފި އެވެ. އެމްޑީޕީގެ ލީޑަރސިޕްގެ ބޮޑު ޓީމެއް ޕާޓީ ދޫކޮށް އެހެން ޕާޓީއެއް އުފައްދައިފި އެވެ. ޕާޓީގެ ޒަމާންވީ މެމްބަރުންނާއި އާއްމް މެމްބަރުން ޕާޓީ ދޫކޮށް އަސްލު އެމްޑީޕީ ފިކުރުގެ ޑިމޮކްރެޓުންނާއި ފަތިފައްޗައް ބަރިބަރިއަށް ގުޅުން ފަށައިފި އެވެ.

އާއެކެވެ. ތަސްމީނަށް ވެލިކާންދޭން ޕާޓީ ރޮޒައިނާއަށްދީފައި އާއްމް މެމްބަރުން ބަޗައިފި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!