ގާސިމް ވިކުން: ފަޅެއް 233 މިލިޔަނަށް ވިއްކާލުމުގެ ހުއްދަ އާއި އަނބިގޮއްޔެ މިނިސްޓަރުކަން
ދެންމެ | 01 ޖޫން 2023

ރާއްޖޭގެ ކަނޑުން ބޮޑު ބަޔަކާއި ފޯޅަވެހި ރައީސް ސޯލިހްގެ ސިއްރު ސިޓީއަކުން ވިއްކާލާފައި ވާތީ ސަރުކާރާއި ދެކޮޅަށް ހުންނެވުމަށް ފަހު ކުއްލި ގޮތަކަށް ޖޭޕީގެ ލީޑަރ ބުރުމާ ގާސިމް ވަނީ ސަރުކާރަށް ތާއީދުކޮށްފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް މިފަހަރު ސަރުކާރަށް ތާއީދު ކުރަން ނިންމާފައި ވަނީ ބޮޑު ފަޅެއް ބޭރުގެ ބަޔަކަށް ވިއްކާލުމަށް ލިބިފައިވާ 233 މިލިޔަން ރުފިޔާގެ އަގު ބޮޑު ޑީލެއްގެ އިތުރުން އަނބިގޮއްޔެ އައިސާގެ ގަރާޖް ސިޓީގެ ކަރަޕްސަން ފޮރުވުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެންނެވި ފަޅުވިއްކާލުމަށް ޓަކައި ސަރުކާރުން ގާސިމަށް ނޯ އޮބްޖެކްސަން ސިޓީއެއް ބޭނުންވެ އެވެ. އެހެންވުމުން ސަރުކާރުން ބުނެފައި ވަނީ ސިޓީ ދެވޭނީ ކަނޑު ވިއްކާލުމާއި ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރި ނުވުމުގެ އިތުރުން އެކަމާއި ދެކޮޅަށް ވާހަކަ ދެއްކުމުން ކަމަށެވެ.

މަައުލޫމާތު އިނގޭ މީހަކު ބުނީ ގާސިމް މިފަޅު ވިއްކާލުމަށް ސަރުކާރުން 2 ޖޫންގެ ފަހުން ގާސިމަށް ސިޓީ ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ބަގުރޫޓް ފައްޔާޒު ގާސިމަށް އަންގާފައި ވަނީ ސިޓީ ދެވޭނީ ކަނޑު ވިއްކާލި މުޒާހަރާ އާއި ދެކޮޅަށް ގާސިމްގެ ޕާރފޯމަންސް ބަލައިފައި ކަމަށެވެ.

“ ގާސިމް ބުނީ އިބޫ ވިއްކާލީ ކަނޑޭ. ތިމަންނަ އަށް ވެސް ފަޅެއް ވިއްކާލަން ހުއްދަ ދޭން ށޭ  ޖެހޭނީ“

ރާއްޖޭގެ އެންމެ ބޮޑު މަހްޖަނުންގެ ތެރޭގައި ހިމެނޭ ގާސިމަށް ދާދި ފަހުން ސަރުކާރުން ވަނީ ތިލަފުށިން 2 ބިން ވެސް ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!