އެންމެ 36 މެމްބަރުންގެ ތާއީދާއި އެކު ރައީސް ނަސީދު މަގާމުން ވަކިކުރަން ނިންމައިފި
ދެންމެ | 06 ޖޫން 2023

މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އެކަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް މިއަދު ޕީޖީގެ ބައްދަލުވުމެއްގައި ވަނީ މަޝްވަރާކުރެވިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 36 މެމްބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެއްބަސްވެފައިކަން އަސްލަމް ފާހަގަކުރެއްވި އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!