އަދުރޭ ދިފާއުގައި ގާސިމް އެޑްވައިޒަރ އިލްހާމް: ހާލުގައި ޖެހުމުން ހުރީ އަދުރޭ، އެހެލީ ވެރިކަމާއި ހެދި.
ދެންމެ | 25 ސެޕްޓެމްބަރ 2022

ޕީއެންސީގެ ރައީސް އަދުރޭ އެޕާޓީގެ ލީޑަރސިޕުން އެހެލީ ރިޔާސީ ޓިކެޓްގެ ބޭނުމުގައި ކަމަށް ވިދާޅުވެ، އަދުރޭގެ ދިފާއުގައި ޖޭޕީ ލިޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީ ލީޑަރު ގާސިމްގެ އަތުން އަދުރޭ ގިނަ އަދަދެއްގެ ފައިސާ ނަގައި ޔާމީނަށް ގައްދާރުވުމުން އެހެލާފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް، އިލްހާމް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ޕީޕީއެމްގައި ތިބި ބަޔަކު ރިޔާސީ ޓިކެޓް ބޭނުމުގައި އަދުރޭގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

”ރިޔާސީ ޓިކެޓްގެ ބޭނުމުގައި ޕީޕީއެމްގައި ތިބި އިސްބޭފުޅުންގެ އަގު ވައްޓާލާ، އެއްވެސް ގުޅުމެއް ނެތް ފަރާތްތަކެއްގެ އަބުރުކަތިލަން ހިންގާ ކަންކަން މިފެންނަނީ.“ އިލްހާމް ޓުވީޓްގައި ބުނެފައި ވެއެވެ.

އިލްހާމް ވިދާޅުވީ އެންމެ ހާލުގައި ޖެހުނު އިރުވެސް ދެގޮތެއްނުވެ ހުންނެވީ އަދުރޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް