ރައީސް އިބުރޭގެ އަގު ހެޔޮ ޓިކެޓް ނުފެނުނު މީހާގެ ލޮލުގެ މައްސަލައެއް ނެތް: އައިކެއަރ
ދެންމެ | 14 ޖޫން 2023

ރައީސް އިބުރޭގެ އަގު ހެޔޮ ކުރި ޓިކެޓް ނުފެނިގެން އައިކެއަރ ޑޮކްޓަރަށް ދިޔަ މީހާގެ ލޮލުގެ މައްސަލައެއް ނެތް ކަމަށް އައިކެއަރ އިން ބުނެފި އެވެ.

އަގުހެޔޮ ކުރި ޓިކެޓް ނުފެނިގެން އައިކެއަރ ދިޔަ މީހާ ބުނީ އޭނާގެ ލޮލުގެ ޓެސްޓްތައް ފުރިހަމަ ކޮށްފައިވާ ކަމަށާއި އެއްވެސް ޓެސްޓަކުން އޭނާ ލޮލުގައި ފެނުމުގެ އުނިކަމެއް އުޅޭ ކަމަށް ނުދައްކާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އޭނާ ބުނީ އައިކެއަރ އިން އޭނާގެ ލޮލުގެ ކަޅު ކަޅި އާއި ހުދު ކަޅީގެ އިތުރުން ލޮލުގެ ނާރުތަކުގެ ޓެސްޓްތަކުގެ އިތުރުން ފެނުމުގެ ޓެސްޓްތައް ވެސް ހަދާފައިވާ ކަމަށެވެ.

“ އަޅުގަނޑު އަނެއްކާ ވެސް އަގު ހެޔޮ ޓިކެޓް ގަންނަން މޯލްޑިވިއަންނަށް ދާނަން. މިހާރު މި ބެލެވެނީ މޯލްޑިވިއަނުން ކޮންމެ ވެސް ގޯހެއް ހަދަމުންދާ ކަމަށް.“ އޭނާ ބުންޏެވެ.

އޭނާ ބުނީ މިފަހަރު އޭނާއަށް އަގު ހެޔޮ ޓިކެޓް ނުފެނިއްޖެނަމަ އާސަންދަ ހޯދައިގެން އިންޑިޔާއަށް ލޯ ޓެސްޓް ކުރަން ދިއުމަށް ވިސްނަމުންދާ ކަމަށެވެ.

ރައީސް އިބުރޭ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް ހެޔޮ ކުރައްވާނެ ކަމަށް ވައުދުވެފަ އެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ ޓިކެޓްގެ އަގު ދެގުނަ ބޮޑު ކޮށްލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!