ވިލާ އެއަރ މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދޭތާ އެތައް މަހެއް
ދެންމެ | 14 ޖޫން 2023

ވިލާ އެއަރގެ މުވައްޒަފުންނަށް އެއްބަސްވުމާއި އެއްގޮތަށް މުސާރަ ދެމުން ނުދާ މައްސަލަ ބޮޑު ވެއްޖެ އެވެ.

ވިލާ އެއަރގެ މުވައްޒަފަކު ބުނީ މުސާރަ ބަރާބަރަށް ދެމުން ނުދާތާ މިހާރު ތިން މަހާއި ހަތަރު މަހާއި ދެމެދުގެ މުއްދަތެއް ނަގާފައިވާ ކަމަށެވެ.

ވިލާ އެއަރގެ މުވައްޒަފަކު ބުނީ ޕައިލެޓުންނަށް މުސާރަ ދިނުމަށް އެއްބަސްވުމުގައި އޮންނަނީ ޑޮލަރުން ކަމަށާއި އެހެންނަމަވެސް މިހާރު މުސާރަ ދެނީ ބޭންކް ރޭޓުން ހިސާބުކޮށް ދިވެހި ރުފިޔާއިން ކަމަށެވެ.

“ އަދިވެސް މިމަހުގެ މުސާރައެއް ނުދޭ. ކޮންމެ މަހެއްގައި ވެސް މިހާރު މުސާރަ ލިބެނީ މަހުގެ ފަހު ކޮޅުގައި.“ އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހު ވެސް މިހާތަނަށް މުސާރަ ދީފައި ވަނީ ކުދި މުސާރަ ލިބޭ ފަރާތްތަކަށް އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!