މާލޭ ޖަވާހިރު ބިން ލިބުނު އިންޑިޔާ ބޮންދުގެ ޕާސްޕޯޓް އާއްމް ވެއްޖެ
ދެންމެ | 28 ޖޫން 2023

މާލެ ސަރަހައްދުން މީހުންނަށް ގޯތި ދިންއިރު، ގޯތި ދީފައިވާ އިންޑިއާ މީހާ ރާއްޖޭގެ ޕީއާރު ޕާސްޕޯޓް ހަދާފައި ވަނީ 2019 ވަނަ އަހަރުކަން ހާމަ ވެއްޖެ އެވެ.

ސޯސިއަލް މީޑިޔާގައި އާއްމްވެފައިވާ ޕާސްޕޯޓް ފޮޓޯއިން ފެންނަ ގޮތުގައި އިންޑިޔާއަށް އުފަން އެމީހާގެ އުމުރަކީ 46 އަހަރެވެ.

’ގެދޮރުވެރިޔާ ކޮމިޓީ‘ އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި ހަބީބް ރަހިމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ އެ މީހާއަށް ވަނީ ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެފައެވެ. އެކަނި ކުރިމަތިލައިގެން އޭނާ އަށް ވަނީ 62 ޕޮއިންޓު ލިބިފައެވެ. އެ ލިސްޓުން ދައްކާ ގޮތުގައި ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އެމީހާއަށް އޮވެއެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ އެމީއަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ އިންޑިއާ ރައްޔިތެކެވެ. މާލޭގެ ރަށްވެހިކަން 2019 ހޯދި އެމީހާ އަތުގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓެއް ވެސް އޮވެއެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް، އަކްރަމް ”ވަގުތު“ އަށް ވިދާޅުވީ، އިންޑިއާ މީހަކަށް ގޯތި ދީފައި ނުވާނެ ކަމަށާއި އެމީހާއަކީ އެއީ މާލޭ ރައްޔިތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!