ރާއްޖެތެރޭ ގަބުޅި ކަތީބުން ރައްވާލުމަށް ފަހު އިންޑިޔާ އެހެން މީހަކަށް ވެސް މާލޭ ޖަވާހިރު ބިމުން ގޯތި ދީފައިވާކަން ހާމަ ވެއްޖެ
ދެންމެ | 29 ޖޫން 2023

ގޯތި ލިބުނު ދެ ވަނަ އިންޑިއާ މީހަކީ މުޙައްމަދު ނަޒީރު ކިޔާ ދަފުތަރުގައި ޖެހިފައިވާ މީހެކެވެ. އޭނާ ނަން ވަނީ ގޯތި ލިބޭ މީހުންގެ ލިސްޓުގައި 3،300 ވަނާގައި އޮތީ ނަޒީރެވެ. އޭނާއަކީވެސް ކުރިން ގޯތި ލިބުނު ރަހިމާން ފަދައިން ރާއްޖޭގައި ވިޔަފާރިކުރާ މީހެކެވެ.

އޭނާއަކީ ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރިކުރާ މީހެއްކަން އެނގިފައިވާއިރު، އޭނާގެ ނަމުގައި ޕެރަމައުންޓް ހޮޓަލާއި، ނަޒީރު ކޮންސްޓްރަކްޝަންއާއި ނިއު ސަމުދުރާ ސްޕާއާއި ޕްލާޒާ ރެޑް އެޕަލް ނަމަކަށް ކިޔާ ވިޔަފާރިތަކެއް ރަޖިސްޓަރީކޮށްފައިހުރިކަން ބިޒްނަސް ޕޯޓަލްއިން އެނގެއެވެ.

ސަރުކާރުން އާންމުކުރި ވަގުތީ ލިސްޓުގައި ކުރިން އިންޑިއާ މީހަކު ގޯތި ލިބުމަށް ޝަރުތު ހަމަވެފައިވެއެވެ. ހަބީރު ރަހިމާން މުޙައްމަދު ހަނީފާ ނަމަކަށް ކިޔާ އެ މީހާއަކީ ރާއްޖޭގައި އޭނާގެ އަމިއްލަ ނަމުގައި 8 ވިޔަފާރި ހިންގަމުން އަންނަ މީހެއްކަން ބިޒްނަސް ޕޯޓަލުން އެނގިފައިވެއެވެ.

އޭނާ ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެފައިވާކަން އާންމުންނަށް އެނގި ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާއެކު، މިއަދު ސަރުކާރުން ބުނީ އޭނާ ގޯތި ލިބުމަށް ޝަރުތު ފުރިހަމަވާކަމަށް ލިސްޓުގައި އޮތީ އޮޅިގެން ޑީއެންއާރުން ފޯރުކޮށްދިން މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ކަމަށެވެ.

ރަޙިމާނު ގޯތި ލިބުމަށް ޝަރުތު ފުރިހަމަވާކަމަށް ނިންމިފައި އޮތީ ޑީއެންއާރުން އެކަށީގެންވާ މައުލޫމާތު ނުލިބުމުންކަމަށް ސަރުކާރުން ބުނެފައިވަނިކޮށް، އިތުރު އިންޑިއާ މީހަކަށް ގޯތި ލިބިފައިވާކަމަށް ލިސްޓުގައި ކަނޑައަޅާފައިވާކަން މިއަދު ހާމަވިއެވެ

މާލެ މީހުންނަށް ބަހާ ގޯތި ލިސްޓު އާންމުކުރިއިރު އެ ލިސްޓުގައި ބޮޑެތި ވިޔަފާރިވެރިންނާއި، މަޖިލިސް މެންބަރުންނާއި، ކޮރަޕްޝަނާއި ޚިޔާނާތް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހުންވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!