ޑިމޮކްރެޓިކް ޖަލްސާއަށް އަމީނީ މަގުން ގިޔާސުއްދީން ކައިރިއަށް ޒަލްޒަލާ އެއް އަތުވެއްޖެ
ދެންމެ | 05 ޖުލައި 2023

އާރުޑީސީގެ 13 މިލިޔަން ރުފިޔާއަށް ހިޔާނާތްތެރިވި ހަބަރާއި އެކު އެކުންފުނީގެ އެމްޑީ މޫކޭ ރުޅި ޑިމޮކްރެޓިކް ޖަލްސާ ބާއްވާ ގިޔާސުއްދީން ސުކޫލު ކިރިން އަމީނީ މަގަށް ބާލައިފި އެވެ.

މިރޭ ޑިމޮކްރެޓިކް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ގިޔާސުއްދީން ސުކޫލުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ރައީސް ނަސީދު މި ޖަލްސާގައި ބައިވެެރިވަޑައިގަންނަވާނެ ކަން އިއުލާން ކޮށްފައިވާއިރު އަމީނީ މަގުން ގިޔާސުއްދީން ސަރަހައްދަށް މިއަދު ވަނީ ބިމުގެ ޒަލްޒަލާއެއް އައިސްފަ އެވެ.

މާލޭ ސަރަހައްދަށް ބިންހެލުމެއް އައި ކަމަށް މެޓުން ބުނެފައި ނުވި ނަމަވެސް އަމީނީ މަގު ގިޔާސުއްދީން ސުކޫލު ކައިރިއަށް ވަނީ ބިމުގެ ޒަލްޒަލާއެއް އައިސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!