ކާށިދޫ ޖެއްސި ގުއިރޯނުގައި ގައުމް ޖައްސައި ރިސްވަތަށް ޑޮލަރު ބަހައިގެން އިބްރޭ ހޮވާނަން: ޖާބިރު
ދެންމެ | 13 ޖުލައި 2023

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިޝްވަތުގެ ގޮތުގައި ޑޮލަރު ބަހައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބުކޮށްދެއްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައީސް ކެމްޕެއިނުގައި ކ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ގުޅިއަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާއަކީ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރެއްކަމަށާއި، ރައީސް އިބްރާހީމަށް އެއް ބުރުން އިންތިޚާބު ކާމިޔާބުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމަށް ތާއީދު ހޯދުމަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވަނީ ދޮލަގަށް ބޯކޮށް ޑޮލަރު ލައިގެންނެވެ. ”މުޅި ރާއްޖެ އަޮތީ ތަޣައްޔަރު ވެފައޭ، މިއަދު ސާފޭ، ޑޮލަރު ބޯކޮށް ވެހެނީއޭ، މިކޮޅުން މި ދަނީ ޑޮލަރު ބޯކޮށް ދޮލަގަށް ލައިގެންނޭ، އެއް ބުރުން ރައީސް އިބްރާޙިމް މުހައްްމަދު ސޯލިހް ހޮވަންށޭ މި ހުރީ ނުކުމެ،“ ޖާބިރު ވިދާޅުވިއެވެ.

އަދި ރައީސް އިބްރާހީމާ ވަކިވެގަތުމަކީ ރަނގަޅު ކަމެއްކަމަށް މިރާއްޖޭގެ ރައްޔިތުން ވަކިވެވަގަތުމަށް ބޭނުންނުވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އޭނާއަކީ އަމިއްލައަށް ހިސާބު އިލްމުވެރިއެއްކަމަށް ގަބޫލުކުރައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާ ޖައްސަވާފައިވާ ހިސާބުތަކުން ރައްޔިޔުން ބޭނުންވަނީ ރައީސް ސޯލަހަށް ދެވަނަ ދައުރެއް ދިނުމަށް ކަމުގައި ޔަގީންކަމަށެވެ.

”އަޅުގަނޑު މި ދަންނަވަނީ ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް މި އިންތިހާބު އަޅުގަނޑުމެން ނަގާނަމޭ،“ ޑޮލަރު ބަހައިގެން ނަމަވެސް އިންތިޚާބު ކާމިޔާބުކުރައްވާނެކަން ފާހަގަކުރައްވައި ޖާބިރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!