އިމްރާނާއި ސާހިދާއި ފައިސަލްގެ އިތުރުން އަސްލަމް ނައިބް ރައީސް ކަމަށް ހިފައިގެންފި
ދެންމެ | 20 ޖުލައި 2023

ރައީސް ސޯލިހުގެ ރަނިންގ މޭޓްގެ މައްސަލައިގައި އެމްޑީޕީތެރެ ހޫނުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިން މޭޓުކަމަށް އެއްވެސް މިންވަރެއްގެ ޝައުޤުވެރިކަމެއް ނެތްކަމަށާއި އެވާހަކަ ދައްކަވަނީ ރައީސް އިބްރާހީމުގެ އެކުވެރިޔާ ރީކޯ މޫސާމަނިކު ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަދި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުގެ އެކަމަށް ކެމްޕެއިން ފައްޓަވާފައިވާކަމަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން އަންނަ ދަނޑިވަޅެއްގައްގައި ފައްޔާޒު މިފަދައިން ވިދާޅުވި ނަމަވެސް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މި މަޤާމު އެންމެ ބޭނުންވާ ބޭފުޅަކީ އެއީއެވެ.

ފައްޔާޒުއަށް ރައްދުދެއްވައި މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެންބަރުންނާ އެކު އުޅެވޭނެ މީހެއް ކަމަށެވެ.

”ނޫސްވެރިންގެ އާޓިކަލް ތަކުގެ ސަބަބުން އާންމު ތަންތާގައި އަޅުގަނޑާ ދިމާކުރުމަކީ ފަޔާ ވެސް ކޮށްގެން ވާނެކަމެއް ނޫން، ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ“ ރީކޯ ލިޔުއްވާފައިވެ އެވެ.

ފައްޔާޒުގެ އިތުރުން އެހެން ބައެއް ބޭފުޅުންވެސް ރަނިންމޭޓުކަމަށް ވެދާނެކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ނައިބުރައީސް ފައިސަލް ނަސީމް އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މިހާރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަކީ ވެސް ރަނިންމޭޓަކަށްވުން ގާތް ބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!