ކުއްލިއަކަށް މަސް ބޮޑު ކޮށްލާނީ ކިހިނެއް ތަ!
ދެންމެ | 20 ޖުލައި 2023

މަސް އަވަހަށްބޮޑުވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ މަހެއްގެ ބޮޑުވުމުގެ ރޭޓަކީ އެތައް ކަމެއްގެ ސަބަބުން ކަނޑައެޅޭ އެއްޗަކަށް ވާއިރު، އެ މަހެއް ހެދި ބޮޑުވުމަށް އެތައް ގޮތަކުން ނުފޫޒު ފޯރުވައެވެ.

އެކްވަރިއަމް ހުންނަ ގިނަ މީހުންގެ އެންމެ ފަހުގެ އަމާޒަކީ ވީހާވެސް ބޮޑު، އެންމެ ދުޅަހެޔޮ މަސް އުފެއްދުމެވެ. މަހެއްގެ ބޮޑުވުމުގެ ރޭޓަށް އަސަރުކުރާ ކަންތައްތައް ދެނެގަތުމަކީ މަސް އަވަހަށް ބޮޑުވުމަށް އެހީތެރިވެދޭނެ ކަމެކެވެ!

މަހެއްގެ ބޮޑުވުމުގެ ރޭޓަށް އަސަރުކުރާ ކަންކަމާއި މަސް އަވަހަށް ބޮޑުވާ ގޮތްތަކަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

 

1. ފެނުގެ ފެންވަރު މޮނިޓަރކުރުން

މަސް ބޮޑުވުމުގައި ފެނުގެ ފެންވަރަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.ގިނަ ދުވަސްވާ ވަރަކަށް ފެނުގައި ޖަމާވާ ކެމިކަލްތަކާއި އެހެނިހެން ނުރައްކާތެރި ކުނިތަކުގެ ސަބަބުން މަސް ބަލިވެ، އެކަމުގެ ސަބަބުން މަހުގެ ސިއްހަތަށް ގެއްލުން ލިބިދާނެ އެވެ.

މިސާލަކަށް ނައިޓްރޭޓްގެ މިންވަރު މާ މަތިނަމަ އެއީ މަހުގެ ބޮޑުވުމުގެ ރޭޓް ދަށްވާނެ ކަމެކެވެ. މިކަން ޗެކް ކުރެވޭނީ ޓެސްޓް ކިޓެއް ބޭނުންކޮށްގެން ނުވަތަ އެކްވަރިއަމް ވޯޓަރ މޮނިޓަރެއް ގަނެގެންނެވެ.

ރަނގަޅަށް ފިލްޓްރޭޝަން ބެލެހެއްޓުމާއި އެމޯނިއާ ދަށުގައި ބެހެއްޓުމަށްޓަކައި ފެން ބަދަލުކުރުން އެކަން އެހެން ނުކުރެވޭނަމަ! ކުރެވެން އޮތް ނަމަ އެކްވާޕޮނިކްސް ސިސްޓަމަކަށް އިންވެސްޓް ކުރާށެވެ.

 

2. މަހަށް މަތީ ފެންވަރުގެ ޑައިޓެއް ފޯރުކޮށްދިނުން

މަސް ބޮޑުވުމަށް އެމަސްތަކަށް ރަނގަޅު ފެންވަރުގެ ކާނާ ފޯރުކޮށްދިނުން ވަރަށް މުހިންމެވެ.މާނައަކީ ހަމައެކަނި ތަފާތު ކާނާ ކާންދިނުމުގެ އިތުރުން އެ ކާނާއަކީ ތާޒާ އަދި ޕްރޮޓީން ގިނަ ކާނާއެއްކަން ޔަގީން ކުރަން ޖެހޭނެ ކަމެވެ.އަދި އެ ވަކި ނަސްލަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެނަސްލަކަށް ކާނާ ކާންދިނުމަކީ ވެސް މުހިންމު ކަމެކެވެ.މުހިންމީ ހަމައެކަނި ކާނާގެ ބާވަތެއް ނޫން، އޭގެ އަދަދެވެ. މަހަށް އިތުރަށް ކާންދިނުމުން އެ މަސްތައް ބޮޑުވާނެ ކަމަށް ހީކުރަންތޯއެވެ؟، އެކަމަކު މިއީ އެކަން ކުރަން ގޯސް ގޮތެކެވެ. ސަބަބަކީ ތިބާގެ މަހަށް ކާނާ ރަނގަޅަށް ހަޖަމު ނުވެ، އޭގެ ބަދަލުގައި ޓޭންކްގެ ތިރީގައި ކުނިތަކެއްގެ ގޮތުގައި އެކާނާ ޖަމާވެއެވެ.މިކަމުގެ ސަބަބުން ނުކެވޭ ކާނާ ހަލާކުވެ ގޮސް އެމޯނިއާއަށް ބަދަލުވުމުން ފެނުގެ ފެންވަރަށް މައްސަލަތައް ކުރިމަތިވެދާނެ އެވެ

 

3. މަހަށް ބޮޑު ޓޭންކެއް ފޯރުކޮށްދިނުން

މަސް ވީހާވެސް ބޮޑުވާނެކަން ޔަގީން ކުރަން ބޭނުންނަމަ އެންމެ ރަނގަޅީ މަހުގެ ސައިޒަށް ފުދޭވަރަކަށް ބޮޑު ޓޭންކެއްގައި ބެހެއްޓުމެވެ. މިގޮތަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ޓޭންކުތެރޭގައި މާބޮޑަށް ތޮއްނުޖެހި ނުވަތަ ނޭވާލާން ޖާގައެއް ލިބިގެންދާނެއެވެ.މަސް ގެންގުޅުމުގެ ދުނިޔޭގައި އާންމު ވާހަކައަކީ މަހެއް ޓޭންކުގެ ސައިޒަށް ބޮޑުވާނެ ކަމަށް ބުނާ ވާހަކައެއް ނަމަވެސް މިއީ ތެދެއް ނޫނެވެ.މަހެއް ހަމައެކަނި ބޮޑު ޓޭންކެއްގައި ބަހައްޓާފައި ހުރުމުން މާ އަވަހަށް ބޮޑު ނުވާނެ ކަމަށާއި، ނަމަވެސް އެ މަހެއް މާ ކުޑަ ޓޭންކެއްގައި ބެހެއްޓުމަކީ، އެމަހުގެ ބޮޑުވުން ހުއްޓުވޭނެ ކަމެކެވެ.އެހެންކަމުން މަސް ބޮޑުވާނެކަން ޔަގީން ކުރަން ބޭނުންނަމަ އެންމެ ރަނގަޅީ މަސްގަނޑު ސައިޒަށް ބަލާ ވަރަށް ބޮޑު ޓޭންކަކަށް ލުމެވެ.ޓޭންކުޖާގަ ބޮޑުވުމުން މަހަށް ފަތާލުމަށް އިތުރު ޖާގައެއް ލިބި، އިތުރު ކަސްރަތުތަކެއް ވެސް ކުރާނެ އެވެ.

 

4. ގަވާއިދުން ފެން ބަދަލު ކުރުން

ގަވާއިދުން ފެން ބަދަލުކުރުމަކީ މަހުގެ ސިއްހަތާއި ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ.ގަވާއިދުން ފެން ބަދަލުކުރުމުން، ތިބާގެ މަހުގައި އެކަށީގެންވާ ވަރަށް އޮކްސިޖަން ހުރިކަން ކަށަވަރުކޮށްދީ، އަދި ޕީއެޗް ލެވެލް ބެލެންސް ކުރުމަށް އެހީތެރިވެދެމުންދެއެވެ.ގަވާއިދުން ފެން ބަދަލުކުރުމަކީ ޓޭންކް ސާފުތާހިރުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހާލަތެއް ލިބިގެންދާނެ ކަމަށާއި އެއީ އަނެއްކާވެސް ބޮޑުވުމުގެ ރޭޓް އަވަސްވެދާނެ ކަމެއް ކަމަށް ވެސް ބުނެވެއެވެ.ފެންވަރު ރަނގަޅު ފިލްޓަރެއް ގެންގުޅުނު ނަމަވެސް ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ފެން ބަދަލުކުރަން ޖެހެ އެވެ.ފަސޭހައިން ފެން ބަދަލުކުރާއިރު ޓޭންކްގެ ފެނުގެ %25 ނުވަތަ މުޅިން ގިނަވެގެން %50 ބަދަލުކުރާކަން ޔަގީންކުރުންމުހިންމެވެ.ފެނަށް ބައެއް ބަދަލު ގެނައުމަށްވުރެ މުޅިން ފެން ބަދަލުކުރުމަކީ އާންމުކޮށް ކޮންމެހެން ބޭނުން ނުވާ ކަމެއް ކަމަށާއި، ހަމައެކަނި މަހުގެ ސްޓްރެސް އިތުރުވުމުގެ އިތުރުން ޓޭންކުން ރަނގަޅު ހުރިހާ ބެކްޓީރިއާއެއް ނައްތާލާކަމެކެވެ.

 

5. މަސް އެކްލިމޭޓް ކުރުމަށް ވަގުތު ދިނުން

މަހެއްގެ އާގެއަށް ނުވަތަ ފެންގަނޑަށް ހޭނިގެން ދިއުމަށް ވަގުތު ބޭނުންވާނެ އެކްލިމޭޓިން ކިޔާ ޕްރޮސެސްއެއް ބޭނުންވެ އެވެ. މަހެއް އާ މާހައުލަކަށް ބަދަލުވުމުން ވަރަށް ސްޓްރެސް ވެދާނެތީ، ފެން ބަދަލުކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ ކުރިން އެކްލިމޭޓްވުމުގެ ޕްރޮސެސް ހިނގަން ޖެހެ އެވެ.އެކްވަރިއަމް ކެއާގައި މި މަރުހަލާގެ މައިގަނޑު ސަބަބަކީ ކުއްލިއަކަށް ފިނިހޫނުމިން ނުވަތަ ޕީއެޗް އުފުލިގެން ދިއުމުން ސްޓްރެސް ލެވެލް އިތުރުވެ، އެންމެ ފަހުން ފެނުގައި ގެންގުޅޭ މަހުގެ ދުޅަހެޔޮކަމަށް އަސަރުކުރާނެތީ އެވެ!މި މަރުހަލާ ގޯސްކޮށް ކުރެވިއްޖެނަމަ، މަސް ބޮޑުވުން ހުއްޓުވައި، އެ މަސްތައް މަރުވެއެވެ.

 

6. އެކްވަރިއަމްގެ ފިނިހޫނުމިން

ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ މަސްތަކަށް ވެސް އެންމެ ރަނގަޅު ސިއްހަތާއި ދިރިހުރުމަށް ބޭނުންވަނީ އެކްވަރިއަމް ވަކި ފިނިހޫނުމިނެއްގައި ހުރުމެވެ.

ވަކި މަހަކަށް ބޭނުންވާ ސީދާ ފިނިހޫނުމިން އެއް ވައްތަރަކަށް ތަފާތުވާން އުޅޭ ނަމަވެސް ބައެއް މިސާލުތަކަކީ:

ގޯލްޑްފިޝް ބޭނުންވަނީ ގާތްގަނޑަކަށް 68° އާއި 74° F އާއި ދެމެދުގެ ފިނި ޓޭންކެކެވެ.

ޓްރޮޕިކަލް ސިކްލިޑްސް އިން ބޭނުންވަނީ 72°F – 82°F ގެ ރޭންޖުގައި ގިނައިން ޓްރޮޕިކަލް ޓެމްޕަރޭޗަރ އަށެވެ.

ގޭގައި ގެންގުޅޭ މަހަށް މި އެންމެ ރަނގަޅު ފިނިހޫނުމިނުގައި ނުވާނަމަ، ދެން އެމަސްތައް ބޮޑުވާން ވަރަށް އުނދަގޫވާނެ!

މަހުގެ މާހައުލު ފުދޭވަރަކަށް ހޫނުކޮށް ބެހެއްޓުމަށް މަސްތައް މަސައްކަތް ކުރުމުން އިތުރު ހަކަތަ ބޭނުން ކުރަން މެދުނުކެނޑި ހަރަކާތްތެރިވުމުން މަސް ބަލިވެއެވެ.

 

7. ސާފު މާހައުލެއް ކޮންމެހެން ބޭނުންތެރިއެވެ

މަސްގެންގުޅޭ މާހައުލަކީ އަބަދުވެސް ސާފުތާހިރު އަދި މަހަށް ގެއްލުން ލިބޭ އެއްވެސް ގެއްލުން ހުރި ކެމިކަލް ނުވަތަ މާއްދާއެއް ނެތް ތަނަކަށް ވާން ޖެހެ އެވެ.

ފެންގަނޑު އެކަށީގެންވާ ވަރަށް ސާފު ނުވާނަމަ ދެން މަސް ބަލިވެ ނުވަތަ މަރުވެދާނެ! މިއީ މަހުގެ ބޮޑުވުން ހުއްޓުމަކަށް އަންނާނެ ކަމެކެވެ.

އަދި ވަކި މާއްދާތަކެއްގެ ސަބަބުން ބައެއް ބާވަތްތަކުގެ މަސްތަކަށް ހަގީގަތުގައި ސްޓްރެސް ލިބޭކަން ހަނދާނުގައި ބަހައްޓަން މުހިންމެވެ…ބަލި ޖެހުމަށް ފަސޭހަވެ ސިއްހީ ގޮތުން އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ.

ސާފުކޮށް ބެހެއްޓުމަށްޓަކައި ގަވާއިދުން ފެން ބަދަލުކުރަން ޖެހޭނެ – މީގެ މާނައަކީ ހުރިހާ ކެމިކަލްތަކެއް ނައްތާލެވިފައިވާކަން ޔަގީންކުރުން އަނެއްކާވެސް މަހަށް ރައްކާތެރިވާނެ!

ފެންވަރު ރަނގަޅު ހާލަތުގައި ދެމެހެއްޓުމަށް (އަދި މިފަދަ މައްސަލަތަކުން ސަލާމަތްވުމަށް) އެންމެ ރަނގަޅު ގޮތަކީ ގެއްލުންލިބޭ އެއްވެސް އެއްޗެއް ނައްތާލުމާއެކު މަހުގެ ބޮޑުވުން ސްޓިމިއުލޭޓް ކުރުމަށް އެހީތެރިވެދޭ ފައިދާހުރި ފިލްޓްރޭޝަން ސިސްޓަމެއް ގާއިމް ކުރުމެވެ.މި މަސައްކަތަށް އެހީތެރިވެދޭނެ ގިނަ އަލްގޭ ކްލީނަރުތައް ވެސް ބާޒާރުގައި ލިބެން ހުރެ އެވެ.

ހޯދޭނަމަ ޓޭންކް ސާފުކުރުމަށް މޮޅު މަސް ހޯދާށެވެ. މިސާލަކަށް ސެނެލް، ޝްރިމްޕް ނުވަތަ ޖެނިޓަރ މަހަކީ ވެސް ޓޭންކް ސާފުކުރުމަށް މޮޅު އެއްޗެކެވެ.

 

8. ޒީނަތްތެރިކުރުމާއި ގަސްގަހާގެހި

މިއީ ބައެއް މީހުންނަށް ނުވިސްނިދާނެ ކަމެއް ނަމަވެސް މިއީ މަހުގެ ބޮޑުވުމުގެ ރޭޓްގައި ގަސްގަހާގެހި އާއި ޒީނަތްތެރި ތަކެތި ދައުރެއް އަދާކުރާ ސަބަބެވެ.

ގިނަ ނަސްލުގެ މަސްތަކަށް ސްޓްރެސް ވެއްޖެ ނަމަ މަޑުކުރަން ރައްކާތެރި ތަނެއް ދިނުމަށްޓަކައި ގަސްގަހާގެހި އާއި ޒީނަތްތެރި ކުރުމުގެ ސިފައިގައި ގިނަ އަދަދެއްގެ ފޮރުވިފައިވާ ތަންތަން ބޭނުންވެ އެވެ.

މާ ބޮޑަށް ސްޓްރެސް ވުމަކީ ކޮރޓިސޯލް ކިޔާ ސްޓްރެސް ހޯރމޯނެއްގެ ސަބަބުން މަހެއްގެ ބޮޑުވުން ހުއްޓުމަކަށް އަންނާނެ ކަމެކެވެ.

މިކަމާ ގުޅޭގޮތުން ތިމާގެ ދިރާސާތައް ކުރުން މުހިންމީ، ސަބަބަކީ ޒީނަތްތެރިކުރުމުގެ ބާވަތްތައް ބިނާވެފައިވަނީ މަހުގެ ބާވަތްތަކުގެ މައްޗަށެވެ.

ބައެއް މީހުން ގިނައިން ގަހާވިނައިގެ ބާވަތަށް އިސްކަންދޭއިރު ބައެއް މީހުން ގަޔާވަނީ ހިލަ ނުވަތަ ޓަނަލްތަކަށެވެ.

 

9. މަހުގެ ހެދި ބޮޑުވުމަށް ގަދަކަމުން ބާރުއެޅުން

އެ ބާވަތަކަށް އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަހެއްގެ ބޮޑުވުމުގެ ރޭޓް އިތުރު ކުރަން މަސައްކަތް ކުރުމަކީ މަހުގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.

 

ބައެއް ދިރާސާތަކުން ސާބިތުވެފައިވާ ބައެއް ނޭދެވޭ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނެނީ؛

މަހުގެ އުމުރު ކުޑަކުރުން

މަހުގެ ފުރިހަމަ ކުލަތައް ތަރައްޤީވުމަށް ހުރަސްއެޅުން

ޑިފޯމްޑް މަސް އުފެދުން

 

މަސް ގެންގުޅޭ މީހެއްގެ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ހުރިހާ ކަމެއް ކުރުމާއި، ހަމައެކަނި ގުދުރަތީ ގޮތުން ބޮޑުވުމަށް ފުރުސަތު ދިނުމެވެ.

މަސް އަވަހަށް ބޮޑުވުމަށް އެންމެ ރަނގަޅު ގޮތަކީ ރައްކާތެރި އަދި ދުޅަހެޔޮ މާހައުލެއް ގާއިމް ކުރުމެވެ.

ފެނުގެ ފެންވަރު މޮނިޓަރ ކުރުމާއި، ފެންވަރު ރަނގަޅު ކާނާ ފޯރުކޮށްދިނުމާއި، މަސް ބޮޑު ޓޭންކަކަށް ލުމާއި، ގަވާއިދުން ފެން ބަދަލުކުރުން ޔަގީން ކުރައްވާށެވެ.

މި ޕްރޮސެސް އަވަސް ކުރުމަށް ގުދުރަތީ ނޫން ގޮތްތައް ބޭނުންނުކުރުމަށް ސަމާލުވާށެވެ، މިއީ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމަކަށް ވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!